އެފްސީ ފެރާރީ، މީދޫ ކައުންސިލު ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފި

އިއްޔެ ކުރިއަށް ގެންދިޔަ ފުޓުބޯޅަ މުބަރާތުގެ ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ : ކިޔުންތެރިޔެއް

ސަން ސިޔާމް ކެއާގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ސްޕޮންސާ ކުރައްވައިގެން މީދޫގައި ކުރިއަށް ގެންދިޔަ ކައުންސިލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފެރާރީ ހޯދައިފި އެވެ.

އެފްސީ ފެރާރީ މުބާރާތުގެ ތަށި އުފުލާފައިވަނީ ޔަންގްސްޓާސް ސްޕޯޓްސް ކްލަބާ ބައްދަލުކޮށް ފައިނަލު މެޗުން 0-7 ލަނޑާއެކު ބޮޑު ފަރަގެއް ހޯދައިގެންނެވެ.

މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންިދޔަ މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ހަވަލުކޮށްފައެވެ. އިނާމުތަކުގެ މެއިން ސްޕޮންސަރަކީ ސިޔާމް އެވެ.

މުބާރާތުގެ އެއްވަނައަށް އައި އެފްސީ ފެރާރީއަށް ވަނީ 25،000 ރުފިޔާ ފައިސާގެ އިނާމެއް ލިބިފައެވެ. އަދި ރަނަރަޕް ޓީމަށް ވަނީ 10،000 ރުފިޔާގެ އިނާމެއް ލިބިފައެވެ.

މިމަހުގެ 13 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތުގައި ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. އެފްސީ ފެރާރީ އާއި ޔަންގްސްޓާސްގެ އިތުރުން އެ މުބާރާތުގައި ބައިވެރިވެފައިވަނީ ވެސްޓް މެރީން އާއި ކްލަބް ޖަގުއާ އެވެ.

އިއްޔެ ކުރިއަށްދިޔަ މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ : ކިޔުންތެރިޔެއް

ސަން އަށް މައުލޫމާތު ދެއްވަމުން މީދޫ ކައުންސިލުގެ ނައިބު ރައީސް ޝުރައިފް އިބްރާހީމް ރަޝީދު ވިދާޅުވީ އިއްޔެ ކުރިއަށް ގެންދިޔަ ފައިނަލް މެޗުގެ މޭން އޮފް ދަ މެޗު ހޯދާފައިވަނީ އެފްސީ ފެރާރީގެ ޖާޒީ ނަމްބަރު ހަތެއް، އީލާފް އަހުމަދު ކަމަށެވެ.

އޭނާ ވިދާޅުވީ ކައުންސިލު ކަޕްގެ ގިނަ ވަނަތައް ހޯދާފައިވަނީ އެފްސީ ފެރާރީ ކަމަށެވެ. އެގޮތުން :

ޓޮޕް ސްކޯރަރ : އެފްސީ ފެރާރީ، ޖާޒީ ނަމްބަރު 7، އީލާފް އަހުމަދު

މިޑްފީލްޑަރު : އެފްސީ ފެރާރީ، ޖާޒީ ނަމްބަރު 7، އީލާފް އަހުމަދު

ޑިފެންޑަރު : އެފްސީ ފެރާރީ، ޖާޒީ ނަމްބަރު 2، މުހައްމަދު ނާއިފް

ގޯލްކީޕަރު : އެފްސީ ފެރާރީ، ޖާޒީ ނާމްބަރު 22، އަބްދުއްލަތީފް އަލީ

އެންމެ މޮޅު ކޯޗު : އެފްސީ ފެރާރީގެ ކޯޗު އަލީ މަހުފޫޒު

21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ : ޔަންގްސްޓާސް ކްލަބު، ޖާޒީ ނަމްބަރު 5، ޒީދާން ނަސީރު

ޝުރައިފް ވިދާޅުވީ އެފްސީ ފެރާރީ މުބާރާތް ކާމިޔާބުކޮށްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެ ކަމަށެވެ.

comment ކޮމެންޓް