ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަން: 16 އެވޯޑަކާ އެކު އިންޑަސްޓްރީގެ އަގުވަޒަންކޮށްފި

މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަންގެ ތެރެއިން-- ފޮޓޯ/ މަޓާޓޯ

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން ބާއްވައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ގެސްޓްހައުސްތަކަށް އެވޯޑް ދީފި އެވެ.

ކްރޮސްރޯޑްސްގެ ކެފޭ ޑެލް މާގައި ބޭއްވި އެވޯޑް ދިނުމުގެ އެ ރަސްމިއްޔާތުގައި 13 ކެޓަގަރީއަކުން 16 އެވޯޑެއް ވަނީ ދީފަ އެވެ.

އެވޯޑް ލިބުނު ފަރާތްތައް

  • ލީޑިންގް އެފްއެންބީ ގެސްޓްހައުސް: ކްރިސްޓަލް ސޭންޑްސް ހޮޓެލް
  • ލީޑިންގް ގެސްޓްހައުސް (ސައުތް މޯލްޑިވްސް): ރެވެރީސް ޑައިވިންގް ވިލެޖް ސާފް އެންޑް ސްޕާ
  • ލީޑިންގް ގެސްޓްހައުސް (ނޯތް މޯލްޑިވްސް): ނޮޅި އެސްކޭޕް
  • ލީޑިންގް ގެސްޓްހައުސް (ސެންޓްރަލް މޯލްޑިވްސް): އަރާމު ހޮލިޑޭސް އެންޑް ސްޕާ
  • ލީޑިންގް ގެސްޓްހައުސް މާލެ އޭރިއާ: ޔޫއައި އިން
  • ލީޑިންގް އިކޯ ފްރެންޑްލީ ގެސްޓްހައުސް: ވޭވް ސައުންޑް މަރަދުފޭދޫ
  • ލީޑިންގް ޑައިވިންގް އެންޑް ވޯޓާސްޕޯޓްސް: ދިގުރަށް ރިޓްރީޓް
  • ލީޑީންގް ގެސްޓްހައުސް ބްރޭންޑް: ކާނި ހޮޓެލްސް
  • ލީޑިންގް ބިޒްނަސް ގެސްޓްހައުސް: އެއާޕޯޓް ބީޗް ހޮޓެލް
  • ލީޑިންގް އެޑްވެންޗާ ގެސްޓްހައުސް: ރެމޯރާ އިން، ސީޒަން ޕެރެޑައިސް
  • ލީޑިންގް ގެސްޓްހައުސް އައިލެންޑް: އއ. ތޮއްޑޫ، އއ. އުކުޅަސް
  • ލީޑީންގް އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓް: ބްލިސް ދިގުރަށް
  • ލީޑިންގް ޓްރާންސްޕޯޓް ސާވިސް ޕްރޮވައިޑާ: ނެވި ޓްރާންސްފާ ސާވިސް
  • ލީޑިންގް ބީޗް އައިލެންޑް: ލ. ގަން

ކުރިން މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ތެރެއިން ގެސްޓްހައުސްތަކަށް އެވޯޑް ދިން ނަމަވެސް، ގެސްޓްހައުސްތަކަށް ވަކިން އެވޯޑް ހަފްލާއެއް ބާއްވަން ފެށީ 2017 ވަނަ އަހަރުގަ އެވެ.

މި އަހަރުގެ އެވޯޑްތަކަށް 69 ފަރާތަކުން 110 ނޮމިނޭޝަން ހުށަހެޅި އިރު، ސެޕްޓެމްބަރު 15 އިން އޮކްޓޫބަރު 15 އާ ހަމައަށް ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަންގެ ތެރެއިން-- ފޮޓޯ/ މަޓާޓޯ

ވޯޓުލާން ހުޅުވާލި މުއްދަތުގައި 23،000 ވުރެ ގިނަ ވޯޓު ރަޖިސްޓްރީ ކުރެވުނުއިރު، އެވޯޑް ކާމިޔާބުކުރާ ފަރާތްތައް ހޮވަނީ ވޯޓުގެ ސާޅީސް ޕަސެންޓާއި ޓްރިޕް އެޑްވައިޒާ ރޭޓިންގްތަކުގެ 60 ޕަސެންޓުންނެވެ.

comment ކޮމެންޓް