ހޮޅުދޫ އަށް އުދައަރައި ބައެއް ގޭގޭގެއަށް ގެއްލުންވަނީ

ހޮޅުދޫ އަށް އުދަ އަރާފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

ނ. ހޮޅުދޫ އަށް އުދަރަައަރައި އެރަށުގެ ބައެއް ގޭގެއަށް ގެއްލުން ވަމުންދާކަމަށް ރަށުގެ ބައެއް ރައްޔިތުން ބުނެފި އެވެ.

ހޮޅުދޫގެ އިރު އުތުރު ފަރާތުގައި ދިރިއުޅޭ ރައްޔިތަކު "ސަން" އަށް ބުނީ އެ ސަރަހައްދުން 200 ވަރަކަށް ފޫޓަށް ރަށު ތެރެއަަށް ލޮނުގަނޑު އަރާފައިވާ ކަމަށެވެ. އޭނާ ބުނީ ތޮށިގަނޑާ އެންމެ ކައިރިއަށް ހުރި ގޭގެއަށް ފޫޓަކަށް ވުރެ މައްޗަށް ލޮނު ވަދެފައިވާ ކަމަށެވެ.

"ރޭ ފަތިހުން ފެށިގެން އުދަ އަރަމުން ދަނީ،" ރަށުން ވާހަކަ ދެއްކި މީހާ ބުނީ ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގެ ދުވަސްވަރު އެސަރަހައްދަށް އުދަ އަރާ ކަމަށާއި އޭގެ ސަބަބުން ގޭގައި ހިފާގެންގުޅޭ ތަކެއްޗަށްވެސް ގެއްލުންވާ ކަމަށެވެ.

ހޮޅުދޫ އަށް އުދަ އަރާފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

"ލޮނުގެ އަަސަރުކޮށްގެން ހިފާގެންގުޅޭ ތަކެއްޗަށްވެސް ގެއްލުންވޭ. ގޭގައި ގެންގުޅޭ ތަކެތި ދެތިން ފަހަރު އާކުރަންޖެހޭ. އަހަރުގެ އެއް ހަމަަސް ދުވަހު ރީތިފެނުން ފެން ވަރައިފިއްޔާ އަނެއް ހަ މަސް އަޅުގަނޑުމެން ފެންވަރަންޖެހެނީ ލޮނު ފެނުން. އިރުވައި މޫސުމުގައި ގޭގެ ފެން ލޮނުވޭ. އަހަރަކު ދެފަހަރު ގޭގެ ފުރާޅު ފޫގޮސްގެން ޓިނު ބަދަލު ކުރަންޖެހޭ. އަބަދުވެސް އުދައިގެ ސަބަބުންލިބޭ ގެއްލުމެއް މަރާމާރު ކުރަންޖެހިފައި އޮންނަނީ،" އޭނާ ބުންޏެވެ.

ހޮޅުދޫ އަށް އުދަ އަރާފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

ހޮޅުދޫ އިން ވާހަކަ ދެއްކި މީހާ ބުނީ އެކަން އެގޮތަށް ހިނގާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި އިރު އުތުރު ފަރާތުގައި ދިރިިއުޅޭ ރައްޔިތުންގެ ހާލަތު ކަމާބެހޭ ވުޒާރާތަކުގެ ސަމާލުކަމަށް ގެންނަން ކުރި މަސައްކަތް އަދި ކާމިޔާބު ނުވާ ކަމަށެވެ.

ހޮޅުދޫ އިރު އުތުރު ފަރާތަށް އިރުވައި މޫސުމާ ދިމާކޮށް އަބަބަދުވެސް އުދަ އަރައެވެ. އެ ގެއްލުން ކުޑަކުރުމަށް 2015 ވަނަ ވަނަ އަހަރު އެ ސަރަހައްދުގައި ހިލަ ޖަހާފައިވާއިރު އޭގެ ފަހުން އުދައިގެ ސަބަބުން ކުރާ އަސަރު ކުޑަވެފައިވާ ކަމަށް ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަފްރާހު ވިދާޅުވިއެވެ.

ހޮޅުދޫ އަށް އުދަ އަރާފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

އަފްރާހު ވިދާޅުވީ އުދަ އަރައިގެން އެއްވެސް ގެއަކަށް ފެން ވަތްކަމުގެ ރިޕޯޓެއް ކައުންސިލަށް ލިބިފައި ނުވާ ކަމަށެވެ.

"އުދަ އަރައިގެން ބައެއް ގޭގޭގެ އޮޅިގަނޑާ ހިސާބަށް ލޮނުގަނޑު އެބަހުރި. ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑު ހައްލެއް ލިބިފައި އޮތީ ތޮށި ލީފަހުން، އެކަމަކު ފާއިތުވި ދެ އަހަރާ އަޅާ ބަލާއިރު މި އަހަރު އުދައިގެ އަސަރު ބޮޑު ކަން ފާހަގަވޭ،" އަފްރާހު ވިދާޅުވިއެވެ.

comment ކޮމެންޓް