ސަން ސިޔާމު އިރުފެން އަންނަ އަހަރު ކުރީކޮޅު ހުޅުވަނީ

ސަން ސިޔާމު ރިސޯޓު ގްރޫޕުގެ ފަސްވަނަ ރިސޯޓު "ސަން ސިޔާމު އިރުފެން" އަންނަ އަހަރުގެ ކުރީކޮޅު ހުޅުވަން ތައްޔާރު ---

ސަން ސިޔާމު ރިސޯޓު ގްރޫޕުގެ ފަސްވަނަ ރިސޯޓު "ސަން ސިޔާމު އިރުފެން" އަންނަ އަހަރުގެ ކުރީކޮޅު ހުޅުވަން ތައްޔާރުވެއްޖެއެވެ.

ނ. އަތޮޅުގައި ތަރައްގީކުރާ މި ރިސޯޓަކީ މަތީފަންތީގެ ހިދުމަތްތަކާއެކު ހުޅުވާ ރިސޯޓެކެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން މަދު މިނެޓުކޮޅެއްގެ ތެރޭ ދެވޭ ހިސާބެއްގައި ހުޅުވާ މި ރިސޯޓަކީ ނ. އަތޮޅުގައި ސަންސިޔާމު ގުރޫޕުން މިހާރު ހިންގާ ސަން ސިޔާމު އިރުފުށި ރިސޯޓަށް ސްޕީޑު ލޯންޗުގައި ފަސް މިނެޓުން ދެވޭ ސަރަހައްދެއްގައި ތަރައްގީ ކުރާ ރިސޯޓެކެވެ.

މި ރިސޯޓުގައި ކުޑަކުދިންނަށް ހާއްސަ ކިޑްސް ވިލެޖެއްވެސް ހިންގާނެއެވެ. އާއިލާތަކާއި ބޮޑެތި ގްރޫޕުތަކަށް އަދި ކަޕްލްސް އަށް ހާއްސަ މި ރިސޯޓުގައި 15 ކެޓަގަރީއެއްގެ އެކޮމޮޑޭޝަން ހުންނާނެއެވެ.

ނ. އަތޮޅުގައި ހިންގާ ސަންސިޔާމު އިރުފުށީގެ އިތުރުން އެ ގްރޫޕުން ދ. އަތޮޅުގައި ސަން އަކުވާ ވިލުރީފު، ސަން އަކުއާ އިރުވެލި އަދި ކ. އަތޮޅުގައި އަޮޅުވެލި ބީޗް އާއި ސްރީލަންކާގައި ސަން އަކުއާ ޕައްސިކުޑަ ގެ ނަމުގައި މަތީފަންތީގެ ރިސޯޓުތައް ހިންގައެވެ.

comment ކޮމެންޓް