ހައްޖު ކޯޕަރޭޝަނުގެ އުމްރާވެރިންގެ ތެރެެއިން އެކަކަށް ހައްޖު ދަތުރެއް ދޭން ނިންމައިފި

ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން ފުރަންފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައްޖު ކޯޕަރޭޝަނުގެ އަންނަ އަހަރުގެ މާޗު އުމްރާ އަދި ރަމަޟާން މަހުގެ އުމްރާ އަށްދާ ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކަށް ހައްޖު ދަތުރެއް ދޭން ނިންމައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ދެ އުމްރާގައި ދާ އުމްރާވެރިންގެ ތެރެއިން، އެ ކޯޕަރޭޝަނުން ކަނޑައަޅާ ޝަތުރު ތަކަކާ އެކު 1441 ވަނަ އަހަރުގެ ޖައްޖު ދަތުރުގައި އެހީތެރިއެއްގެ ގޮތުގައި ގެންދާނެ އެއް ފަރާތް ގުރުއަތުން ހޮވާނެ ކަމަށެވެ.

ހައްޖު ދަތުރުދޭއިރު ބަލާނެ ޝަތުރުތައް

  • އުމުރުން 55 އަހަރުން މަތީގެ މީހަކަށް ނުވުން
  • 45 އަހަރުން ދަށް އަންހެން ބޭފުޅެއްނަމަ ހައްޖަށްދާ އަހަރު ހައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާ، ޖާގަ ކަށަވަރުކޮށްފައިވާ މަހުރަމެއް ހުރުން
  • ރަނގަޅު ޞިއްޙަތެއްގައި ހުރި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ގިނަވަގުތު މަސައްކަތުގައި ބުރަކޮށް އުޅެވޭނެ މީހަކަށް ވުން ކަމުގައިވުން
  • މީހުންނާ ގުޅިގެން ދެވޭ އިރުޝާދުތަކާއި އެއްގޮތައް މަސައްކަތް ކުރެވޭ ބޭފުޅެއް ކަމުގައިވުން

ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖު ދަތުރު ލިބޭ ފަރާތަތަކަށް، އޭނާ އަށް ލިބޭ ހައްޖު ދަތުރު އެމީހެއްގެ މާމަ، ކާފަ، މަންމަ، ބައްޕަ ނުވަތަ ދަރިން، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހެއް، ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ، ދެބެއިންގެ ދެދަރި އަހުންނާއި އުހުތުން ނޫނީ މި މީހުންގެ އަނބުން ނުވަތަ ފިރިންގެ މައްޗަށް ބަދަލު ކުރެވިދާނެ ކަމަށެވެ. ނަމަވެސް ބަދަލުކުރެވޭ ފަރާތަކީ ވެސް އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ މީހަކަށް ވާންޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެހީތެރިއެއްގެ ގޮތުގައި ދިޔުމަށް ނަން ފޮނުވާފައިވާ ފަރާތް ކަށަވަރުވާނީ ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ޕެނަލް އަކުން އެމީހަކާ އެންޓަވިއުކޮށް އެ އިންޓަވިއު އިން ފާސް ވެއްޖެ ނަމަ އެވެ.

މި އަހަރުގެ ޝައްވާލް މަހުގެ 25 ވަނަ ދުވަހުގެ ކުރިން ޕްރޮމޯޝަންގެ ދަށުން ހައްޖަށްދާނެ ފަރާތެއް ޔަގީން ނުކުރެވިއްޖެ ނަމަ ހައްޖުގެ އެހީތެރިއެއްގެ ގޮތުގައި ދިޔުމުގެ ފުރުޞަތު 1442 ވަނަ އަހަރަށް ފަސްކޮށްދޭނެ ކަމަށާއި 1442 ވަނަ އަހަރުގެ ޝައްވާލް މަހުގެ 25 ވަނަ ދުވަހުގެ ކުރިން ވެސް ހައްޖަށް ދެވޭ ޝަރުތު ހަމަވާ ފަރާތެއް ޔަގީން ނުކުރެވިއްޖެ ނަމަ އެ ފުރުސަތު ގެއްލޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

comment ކޮމެންޓް