އިރުގެ އަލިން ހަކަތަ އުފައްދާނަމަ ޑީސަލަށްވުރެ 140 އިންސައްތަ އަގުހެޔޮ: މިނިސްޓަރު

ރާއްޖޭގެ 48 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ގާއިމުކޮށް ބޭނުންކުރަން ފަށުމުގެ ގޮތުން ބޭއްވި ހަފްލާގައި މިނިސްޓަރު ޑރ. ހުސެިން ރަޝީދު ހަސަން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އިރުގެ އަލިން ހަކަތަ އުފައްދާނަމަ ޑީސަލަށްވުރެ 140 އިންސައްތަ އަގުހެޔޮކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 48 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ގާއިމުކޮށް ބޭނުންކުރަން ފަށުމުގެ ގޮތުން ބޭއްވި ހަފްލާގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭޣައި ހަކަތަ ބޭނުންކުރާ މިންވަރުރު ދުވަހެއް ދުވަހަކަށް މިހާރު އިތުރުވަމުންދާ ކަމަށެވެ.

އެގޮތުން މާލޭގައ އެކަނި ކަރަންޓް ބޭނުންކުރާ މިންވަރު އަހަރަކު މަދުވެގެން 10 ޕަސެންޓް އިތުރުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" ރާއްޖެއަކީ ތެޔޮ އުފައްދާ ގައުމަކަށް ނުވާތީ ރާއްޖޭގައި އުފައްދާ ހަކަތަ އުފައްދަން ޖެހެނީ ރާއްޖެއިން ބޭރުންވާ ހަކަތަ އުފައްދަން ޖެހެނީ ރާއްޖެއިން ބޭރުން ތެޔޮ އެތެރެކޮށް އެ އަންދައިގެން. ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ދިހަ އިންސައްތަ ރާއްޖެއިން ބޭރުން ތެޔޮ ގަނެ އެތެރެކޮށް އެއިން ކަރަންޓް އުފެއްދުމަށް ހޭދަކުރަން ޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.

ތެލުގެ އަސްލު އަގުބޮޑުކަމާއެކު ރައްޔިތުން އަތް ފޯރާފަށެއްގައި ކަަރަންޓްގެ އަގު ބެހެއްޓުމަށްޓަކައި މިއަހަރުވެސް ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ ދައުލަތުން ރައްޔިތުންގެ ފައިސާއިން ހަރަދުކުރަން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކަަރަންޓް އުފެއްދުމަށް ޖެނެރޭޓަރަށް އަޅާ ކޮންމެ ތެޔޮ ލީޓަރަކަށް ގާތްގަނޑަކަށް ތިން ރުފިޔާ 40 ލާރި ސަބްސިޑީގެ ގޮތުގައި ރައްޔިތުންގެ ފައިސާއިން ދައްކަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެންމެ ފަންވަރު އެންމެ އެފިޝަންޓް ޖެނެރޭޓަރަށް ޑީސަލް ތެޔޮއަޅައިގެން، އެ އަންދައިގެން ކަރަންޓް އުފައްދާއިރުވެސް، ކޮންމެ ކަރަންޓް ޔުނިޓަކަށް، ކޮންމެ ކިލޯ ވޯޓް އަވާ އަކަށް 3 ރުފިޔާ 71 ލާރި ވަރު ހަރަދުވޭ." މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތެޔޮ އަންދައިގެން ކަރަންޓް އުފެއްދުމަކީ ވަރަށް އަގުބޮޑުކަމެއް ކަމަށާއި އެހެންކަމުން ހަގީގަތުގައިވެސް ތެޔޮނޫން އެހެން ގޮތެއް ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ޑީސަލް ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ކަރަންޓް އަގުހެޔޮ ކުރެވޭނެ އެއްގޮތަކީ ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަތަކައިގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓް އުފައްދާ ބޭނުންކުރުން ކަމަށެވެ.

އެގޮތޮތުން ރާއްޖެއިން ލިބެން ހުރި އިއާދަކުރަނިވި ހަކަތައިގެ އެންމެ މުހިންމު އެއް ވަސީލަތަކީ އިރުގެ އަލި ބޭނުންކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" އިރުގެ އަލިން، ސޯލާފޮޓޯވޯލްޓިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން، ރާއްޖޭގައި ކަރަންޓް އުފައްދާއިރު، ކިލޯވޯޓްއަވާއަަކަށް ޖެހޭވަރު ޑީސަލް އަންދައިގެން ޑީސަލް އަންދައިގެން ކަރަންޓް އުފައްދަން ޖެހޭވަރަށްވުރެ، 140 ޕަސެންޓްް އަގުހެޔޮ. ސޯލާޖެހުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ޑީސަލުން، ޔުނިޓަކަށް ތިން ރުފިޔާ 70 ލާރި ޖެހޭއިރު، ސޯލާއިން ކަރަންޓް އުފައްދާއިރު ޖެހެނީ އެއް ރުފިޔާ 54 ލާރި" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް