އެކުއާޕެރަޑައިސް: ވިޔަފާރި ފުޅާކޮށް ޗައިނާ މާކެޓަށް މަސްވިއްކުމަށް

އަކުއާޕެރައިޑައިސް އިން މަސް ޕެކް ކުރަނީ -- ފޮޓޯ:އެކުއާޕެރަޑައިސް

ދެހާސް އަށާރަވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުދިމަހުގެ ވިޔަފާރި ނުވަތަ ލައިވް މެރިންފިޝްގެ ވިޔަފާރި ކުރަމުން އަންނަ އެކުއާޕެރަޑައިސް އަށް ޗައިނާ އަށް ދިރޭ މަސް އެކްސްޕޯޓު ކުރުމުގެ ބޮޑު ކޮންޓްރެކްޓެއް ލިބިއްޖެ އެވެ.

އެކުއާޕެރެޑައިސް އާއި ޗައިނާގެ ޓިއާންޖިން ޝީޒިންގް ބަޔޯޓެކްނޮލޮޖީ ކޮންޕެނީ ލިމިޓެޑް އާ ދެމެދު ލައިވް މެރިން ފިޝް އެކްސްޕޯޓް އެކްސްކުލޫސިވް ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާއިރު، މިއީ ރާއްޖޭގެ ކުންފުންޏަކުން ޗައިނާގެ ކުންފުންޏަކާއި އެކު ލައިވް މެރިން ފިޝް ސަޕްލައި ކޮށްދިނުމަށްޓަކައި ކުރި ފުރަތަމަ އެގްރިމެންޓެވެ.

ޓިއާންޖިންގެ ބިންހާއި ވަންހޮޓް ސްޕްރިންގް ރިޒޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުއާޕެރެޑައިސްގެ ފަރާތުން ސޮއި ކުރެއްވީ އެކުއާޕްރެޑައިސްގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަހުމަދުއެވެ. އަދި ޓިއާންޖިން ޝީޒިންގް ބަޔޯޓެކްނޮލޮޖީ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެޑިރެކްޓަރު މަޔާން އެވެ.

އެކުއާޕެރެޑައިސް އާއި ޗައިނާގެ ޓިއާންޖިން ޝީޒިންގް ބަޔޯޓެކްނޮލޮޖީ ކޮންޕެނީ ލިމިޓެޑް އާ ދެމެދު ލައިވް މެރިން ފިޝް އެކްސްޕޯޓް އެކްސްކުލޫސިވް ކޮންޓްރެކްޓެއްގައި ސޮއިކުރުން --- ފޮޓޯ:އެކުއާޕެރަޑައިސް

މި އެއްބަސްވުމާއެކު ޗައިނާގެ ޓިއާންޖިންގައި އެންމެ ފުޅާދާއިރާގައި ލައިވް މެރިން ފިޝްގެ ވިޔަފާރިކުރާ މިކުންފުންޏަށް ރާއްޖެއިން ލައިވް މެރިން ފިޝް ސަޕްލައި ކޮށްދޭނީ އެކުއާޕެރެޑައިސް ޕްރައިވެޓް ލިމިޓެޑްއިންނެވެ.

މި އެގްރިމެންޓާއި އެކު ޓިއާންޖިން ޝީޒިންގް ބަޔޯޓެކްނޮލޮޖީ އިން ތިނަދޫގެ ތަރައްގީ އަށް އިންވެސްޓު ކުރާނެއެވެ. އެކުއާޕެރަޑައިސް އަކީ ތިނަދޫގައި ހިންގާ ވިޔަފާރިއެކެވެ. އެގޮތުން ތިނަދޫގައި ކުދިމަހުގެ ހާއްސަ ފެސިލިޓީއެއްވެސް ގާއިމުކޮށް އެރަށުގެ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުޔތައް ފަހިކޮށްދޭން ވަނީ ނިންމައިފައެވެ.

އެކުއާޕްރެޑައިސްގެ އެމްޑީ ހުސެއިން އަހުމަދު ވިދާޅުވީ ކުންފުނީގެ އަމާޒަކީ ސަތޭކަ ޕަސެންޓު ދިވެހި މުވައްޒަފުން މަސައްކަތް ކުރާ އަދި ސަރަހައްދުގެ އެންމެ ފުޅާދައިރާއެއްގައި ލައިވް މެރިން ފިޝްގެ ސަޕްލައި ކޮށްދޭ ކުންފުންޏަށް ހެދުންކަމަށެވެ.މިއާއެކު ޒުވާނުން މި ވިޔަފާރިއަށް އަހުލުވެރިކޮށް ޒުވާނުން ރަށުގައި ތިބެގެން އާމްދަނީ ހޯދާނެ މަސައްކަތަކަށް މި މަސައްކަތް ހަދާ މި ދާއިރާއަށް ތަމްރީން ލިބިފައިވާ ދިވެހިންތަކެއް އުފެއްމަކީ އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ.

ޓިއާންޖިން ޝީޒިންގް ބަޔޯޓެކްނޮލޮޖީގެ ޑިރެކްޓަރު މަޔާން ވިދާޅުވީ އެކުއާޕްރެޑައިސްއަށް މި ކޮންޓްރެކްޓް އެވޯޑް ދިނީ ދުނިޔޭގެ އެކި ގައުމުތަކުން ގަތް މަހާ އަޅާ ކިޔުމަށްފަހު އެންމެ ރަނގަޅު ކޮލެޓީގެ މަސް އަދި ޕެކިން ކޮލެޓީ ވެސް އެންމެ ރަނގަޅީ އަކުއާޕެރަޑައިސް އިން ކަމަށްވާތީ ކަމަށެވެ. އަދި މުސްތަގުބަލުގައި ރާއްޖޭގެ މަސް ދުނިޔޭގެ މާކެޓުތަކުގައި ޕްރޮމޯޓް ކުރުމަށް އެކުއާޕްރެޑައިސް އާއި އެކު މި އެގްރިމެންޓްގެ ސަބަބުން ގިނަ ދޮރު ތަކެއް ހުޅުވިގެންދާނެ ކަމަށްވެސް މަޔާން ވިދާޅުވިއެވެ. އަދި ކައިރި މުސްތަގްބަލެއްގައި އެކުއާޕްރެޑައިސްގެ މަސައްކަތްތަކަށް އަޕްގްރޭޑްތަކެއް ގެނެސް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މިވިޔަފާރި ކުރާ ކުންފުންޏަށް އެކުއާޕްރެޑައިސް ހަދައި ދިނުމުގެ ވިޝަން ގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.އެ

އަކުއާޕެރަޑައިސްގެ އުމުރުން ދެ އަހަރުވާން ގާތްވެފައިވާ އިރު އެ ކުންފުނިން ދަނީ ދުނިޔޭގެ އެކި ސަރަހައްދުތަކަށް ކުދިމަސް ސަޕްލައިކޮށްދެމުންނެވެ. އެގޮތުން ޔޫރަޕާއި އެމެރިކާއަށް މިހާރުވެސް ކޮންމެ ހަފްތާއެކު މަސް ސަޕްލައިކޮށްދޭ ކަމަށް އެކުންފުނިން ބުންޏެވެ.

އެކުއާޕެރެޑައިސް އާއި ޗައިނާގެ ޓިއާންޖިން ޝީޒިންގް ބަޔޯޓެކްނޮލޮޖީ ކޮންޕެނީ ލިމިޓެޑް އާ ދެމެދު ލައިވް މެރިން ފިޝް އެކްސްޕޯޓް އެކްސްކުލޫސިވް ކޮންޓްރެކްޓެއްގައި ސޮއިކުރުން --- ފޮޓޯ:އެކުއާޕެރަޑައިސް

އަކުއާ ޕެރަޑައިސް އިން ބުނީ އެ ކުންފުނީގެ މަސައްކަތުގައި އުޅެނީ މުޅިންވެސް ދިވެހިން ކަމަށާއި ކުންފުނީގެ މުވައްޒިފުންނަކީ ކުންފުނިން ތަމްރީންވެ މިހާރު ރާއްޖޭގައި މި މަސައްކަތް ކުރުމަށް އެންމެ ވަރުގަދަ އެއް ލައިންއަޕް ކަމަށެޗވެ.

"ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒުވާން ޕެކަރު ވެސް ހުރީ މި ކުންފުނީގައި. އޭނާއަކީވެސް ކުންފުނިން ތަމުރީނުވެ މިވަގުތު ރާއްޖޭގެ ގިނަ ލައިވްފިޝް ވިޔަފާރިތަކުން ލޯ އަޅަމުން އަންނަ ކުޅަދާނަ، އަވަސް ޕެކަރެއް،" އަކުއާޕެރަޑައިސް އިން ބުންޏެވެ.

ވިޔަފާރީގެ އިތުރުން އެކުއާޕްރެޑައިސް އަކީ ތިނަދޫގެ އިޖުތިމާއީ ކަންކަމަށް ވެސް އެހީތެރިވަމުން އަންނަ ކުންފުންޏެކެވެ. ރަށުގެ އުމްރާނީ ތަރައްގީއާއި ގުޅުންހުރި ބައެއް މަސައްކަތްތަކަށް ކުންފުންނިން ދަނީ އެހީތެރިކަން ފޯރުކޮށް ރަށުގެ ހުރިހާ އިޖްތިމާއި މަސައްކަތް ކަމަށް ވެސް ދެވެނު އެންމެ ރަނގަޅަކަށް އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

comment ކޮމެންޓް