ކޮޅިގަނޑެއްގައި ނައިފަރު ކައުންސިލްގެ ފުރާޅު އެއްލައިލާ ބޮޑެތި ގެއްލުންތަކެއް

ގަދަ ވަޔާއެކު ނައިފަރު ކައުންސިލްގެ ފުރާޅު ވެއްޓިފައި--- ފޮޓޯ: އެމްޕީ އަހުމަދު ޝިޔާމް

ރޭ ދަންވަރު ގަދަ ވަޔާއެކު އެކު އައި ކޮޅިގަނޑެއްގައި ނައިފަރު ކައުންސިލްގެ ފުރާޅު އެއްލައިލާ އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހިދު އަބްދުﷲ "ސަން" އަށް މިއަދު ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:00 އެހާއިރު ކަމަށެވެ

"ގަދަ ވަޔާއެކު އައި ކޮޅިގަނޑެއްގައި ފުރާޅު އެއްލާލީ. ދެން ބޯކޮށް ވާރޭ ވެހި ސީލިން ވެއްޓުނީ. މިހާރުވެސް ފެންފައިވާ" އޭނާ ވިދާޅުވި އެވެ.

ފުރާޅު އެއްލާލައި ކައުންސިލް އިދާރާގެ ތެރެއަށް ފެން ވެހުމުގެ ސަބަބުން، އިދާރާގެ ހުރިހާ ލިޔެކިޔުންތަކާއި ކޮމްޕިއުޓާ ސިިސްޓަމްތަކާއި އެހެނިހެން ތަކެއްޗަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަިއވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު މަސައްކަތްކުރަމުންދަނީ އެ ކައުންސިލްގެ މަސައްކަތް އެހެން ތަނަކަށް ބަދަލުކޮށް ނެޓްވޯކް ސެޓަޕް ހެދުމަށް ކަމަށެވެ.

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ތަންތަނަށްވެސް މިއަދު ވަނީ ގެއްލުންތައް ލިބިފަ އެވެ.

comment ކޮމެންޓް