ތުރުކީގެ އާ އެންޑްރޮއިޑް ފޯނުތަކަށް ގޫގަލްގެ ހިދުމަތެއް ލިބޭނެ

މީހަކު ވާވޭގެ ފޯނެއް ގެންގުޅެނީ : ޗައިނާގެ ވާވޭ ކުންފުންޏަކީވެސް ގޫގަލްގެ ހިދުމަތް ކަނޑާލާފައިވާ ކުންފުންޏެއް --- ފޮޓޯ : ގިޒްމޯޑޯ

ތުރުކީއަށް އަލަށް އެތެރެކުރާ އެންޑްރޮއިޑް ފޯނުތަކުން ގޫގަލްގެ ހިދުމަތްތައް ދިނުން ހުއްޓާލުމަށް ގޫގަލް އިން ނިންމައިފި އެވެ.

ގޫގަލް އިން ވަނީ ތުރުކީއަށް އަލަށް އެތެރެކުރާ އެންޑްރޮއިޑް ފޯނުތަކަށް ގޫގަލް ހިދުމަތްތައްކުގެ ލައިސެންސް ދިނުން ހުއްޓާލުމަށް ނިންމާފައެވެ.

އެ މައްސަލަ ފެންމަތިވެފައިވަނީ ގޫގަލްގެ ޑިފޯލްޓް ސާޗް އިންޖީނަށް ތުރުކީގެ ރެގިއުލޭޓަރަކުން ބަދަލުތައް ގެނައުމަށް ބޭނުންވި މައްސަލައަށް ފަހުގައެވެ. އެ މައްސަލައާ ގުޅިގެން ތުރުކީގެ ރެގިއުލޭޓަރެއް ވަނީ ގޫގަލް، 17.4 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އެއާއެކު ގޫގަލް އިން ވަނީ ތުރުކީ އާއެކު އޮތް އެއްބަސްވުމަށް ބަދަލުތަކެއް ގެނެސްފައެވެ.

އެހެންނަމަވެސް ގޫގަލްގެ ޑިފޯލްޓު ސާޗް އިންޖީނަށް ބަދަލުތަކެއް ގެނެވޭގޮތަކަށް ގޫގަލް އަކުން ބަދަލެއް ނުގެނެއެވެ. އެކަމާ ގުޅިގެން ރެގިއުލޭޓަރުންގެ ރުޅިގަނޑު ވަނީ އިންތިހާއަށް އިތުރު ވެފައެވެ.

ގޫގަލް އިން ބުނެފައިވަނީ ތުރުކީއަށް އަލަށް އެތެރެކުރާ އެންޑްރޮއިޑް ފޯނުތަކަށް ގޫގަލްގެ ހިދުމަތް ނުލިބޭނެ ކަމަށެވެ. އެހެންނަމަވެސް މިހާރުވެސް ގެންގުޅޭ އެންޑްރޮއިޑް ފޯނުތަކަށް ގޫގަލްގެ ހިދުމަތްތައް ލިބޭނެ ކަމަށް ގޫގަލް އިން ވަނީ ބުނެފައެވެ. އަދި އެ ޑިވައިސްތަކަށް ކުރިއަށް އޮތްތަނުގައިވެސް އަޕްޑޭޓްތައް ލިބޭނެ ކަމަށް ގޫގަލް އިން ވަނީ ފާހަގަކޮށްފައެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ހަމަނުޖެހުމާ ގުޅިގެން އެމެރިކާއިން ވަނީ ވާވޭ އާ އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެއާއެކު ގޫގަލްގެ ހިދުމަތްތައްވެސް ވަނީ ވާވޭއަށް ދިނުން މެދުކަނޑާލާފައެވެ.

comment ކޮމެންޓް