ސިކަންދަރު "ކުލްފީ" ދޫކޮށްލަނީ

ކުލްފީގެ މަންޒަރެއް --

ސްޓާޕްލަސް އިން މިހާރު ދައްކަމުން އަންނަ ހިންދީ ޑްރާމާ ސިލްސިލާ ‘ކުލްފީ ކުމާރު ބަޖެވާލާ’ ޝޯ ދޫކޮށްލަން އުޅޭ ކަމަށް ލީޑް ބަތަލު މޯހިތު މާލިކު (ސިކަންދަރު) ބުނެފި އެވެ.

އޭނާ އެ ޝޯ ދޫކޮށްލާކަން ޔަގީންކޮށްދީފައިވާއިރު މޯހިތު ބުނީ އެ ޝޯއަށް ބޮޑު ބަދަލެއް ގެނެސް ކުލްފީ އާ އަމައިރާ ބޮޑުވާން އުޅޭ ކަމަށެވެ. އެހެންވެ ބޮޑު ދެކުދިންގެ ބައްޕަގެ ރޯލަކީ އޭނާ އަށް އެންމެ އެކަށީގެންވާ ރޯލު ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

މޯހިތު ބުނީ އެ ޝޯ ދޫކޮށްލަން ޖެހުމުން ދެރަވާ ކަމަށާއި އެންމެ ދެރަވަނީ ކުލްފީ އާ އަމަރިރާ ދޫކޮަށްލަންޖެހޭތީ ކަމަށެވެ. އެ ދެ ކުދިންނަކީ އޭނާގެ އަސްލު ދަރިންކަމަށް ދެކޭ ކަމަށެވެ.

މޯހިތު މިހާރު ޑްރާމާއިން ފެނިގެން ދަނީ ސިކުނޑީގެ ޓިއުމަރެއް އިނދެ އެކަމާ ހަނގުރާމަ ކުރަމުންދާ މަންޒަރެވެ.
އެ ޝޯގެ އެޕިސޯޑެއް އެންމެ ފުރަތަމަ ދެއްކީ މިދިޔަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުގަ އެވެ.

comment ކޮމެންޓް