މިނިމަމް ވޭޖާ ގުޅޭ ދެ ދިރާސާއެއް މިނިސްޓަރު ފައްޔާޒަށް

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި މުސާރަ އާއި އުޖޫރަ އާއި ގުޅޭގޮތުން ލަފާދޭ ބޮޑު ގުޅިގެން މިނިމަމް ވޭޖާ ގުޅޭގޮތުން ކޮށްފައިވާ ދެ ދިރާސާއެއް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާ ހިއްސާ ކުރުން -- ފޮޓޯ: މިނިސްޓަރު ފައްޔާޒު / ޓްވިޓާ

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި މުސާރަ އާއި އުޖޫރަ އާއި ގުޅޭގޮތުން ލަފާދޭ ބޯޑު ގުޅިގެން މިނިމަމް ވޭޖާ ގުޅޭގޮތުން ކޮށްފައިވާ ދެ ދިރާސާއެއް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާ ހިއްސާކޮށްފިއެވެ.

މިނިސްޓަރު ފައްޔާޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ ރިޕޯޓު ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރު އެ ދެ ދިރާސާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށް ބޭނުންވާ ގާނޫނު އެކުލަވާލުމަށް ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު ދަނީ ކުރަމުންނެވެ. މިނިމަމް ވޭޖު ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓަރަށް ލަފާދޭނެ ކޮމެޓީއެއްވެސް ވަނީ އެކުލަވާލައިފައެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވަން ލާޒިމް ކުރާ އެ ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާ ކުރުމަށްފަހު، ވަކި މަސައްކަތަކާ ގުޅޭގޮތުން ދޭވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ ގޮތުން، ނުވަތަ ބަދަލު ކުރުމުގެ ގޮތުން ނުވަތަ ބާތިލު ކުރުމުގެގޮތުން، އިކޮނޮމިކް މިނިސްޓަރަށް އަމުރު ނެރުނުމުގެ ބާރު އޮވެއެވެ.

މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަކޮށްދެވޭ އުޖޫރަ ކަނޑައެޅުމަށް މަދު ވެގެން ދެ އަހަރުން އެއްފަހަރު ބޯޑުން އެކަން މުރާޖައާ ކުރަންވާނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ.

އެންމެ ކުޑައުޖޫރަ ކަނޑައެޅުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް