ހިއުމަން ރައިޓްސް ކޮމިޝަނުން ފިޔަވަތީގެ އިންސްޕެކްޝަނެއް ހަދައިފި

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ފިޔަވަތި---- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ޖެންޑާ މިނިސްޓްރީން ހުޅުމާލޭގެ ފިޔަވަތީގައި ހިންގަމުންދާ ފިޔަވަތި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ބަލައި މޮނީޓާކޮށްފި އެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި 111 ކުދިން ތިބެ އެވެ. އެއީ މުޅިންވެސް އުމުރުން 12 އަހަރުން ދަށުގެ ކުދިންނެވެ.

އެޗްއާރުސީއެމްއިން ބުނީ އެ ކޮމިޝަންގެ ނެޝެނަލް ޕްރިވެންޝަން މެކޭނިޒަމް (އެންފީއެމް)އިން ފިޔަވައްޗަށް ޒިޔާރަތްކުރީ އެ ކޮމިޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްއިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން މިދިޔަ ޖުލައި މަހު ކުރި ޒިޔާރަތަށް ފަހު ބަލަން ޖެހޭ ކަންކަން ބަލައި ފިޔަވަތީގެ މިހާރުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކަމަށެވެ.

މިއަހަރު ނެރުނު އެންޓި ޓޯޗާ ރިޕޯޓުން ހާމަވި ގޮތުގައި، ފިޔަވަތި ހިމޭނޭގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ކުރާ އަނިޔާތައް އެޗްއާރުސީއެމްއަށް ހުށަހެޅުމުންވެސް އެ ކޮމިޝަނުން ބަލާފައެއް ނުވެ އެވެ. އެގޮތުން އެ މަރުކަޒުތަކުގައި ކުދިންތަކެއް ބަރަހަނާކޮށްގެންނާއި އެ ނޫން ގޮތްގޮތަށް އަނިޔާކުރި މައްސަލަތަކެއް އެ ރިޕޯޓްގައި ފެންމަތިކޮށްފައިވެ އެވެ.

ދާދި ފަހުން އޮޑިޓް އޮފީހުން ނެރެފައިވާ، "ކުޑަކުދިންނަށް ކުރާ ގޯނާތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައި ފިޔަވަޅު އެޅޭ މިންވަރު ދެނެގަތުމަށް ކޮށްފައިވާ ޕާފޯމަންސް އޮޑިޓް" ރިޕޯޓްގައިވާ ގޮތުން، ފިޔަވަތީގައި ބޮޑެތި ފިރިހެން ކުދިންގެ ފަންގިފިލާގައި ވެސް ކޮންމެ ކުއްޖަކަށް އެނދެއް ނެތްއިރު އެކުދިންވެސް ނިދަނީ ބިންމަތީގައި ގޮދަޑި އަޅައިގެން އެވެ.

https://sun.mv/128553

އެގޮތުން 2014-2016 އަށް ހުށަހެޅިފައިވާ އެ މައްސަލަތަކާ ގުޅޭ ގޮތުން އޭރު ފިޔަވަތިން ބުނީ، އެނދުތައް ނަގަން ޖެހުނީ ކުދިން އެނދުގެ މަޅުތަކާއި ބައިތައް ވަކިކޮށްގެން މުވައްޒަފުންނަށް އަނިޔާ ކުރުމުން، ފިޔަވަތީގެ އިސްވެރިންނާ މަޝްވަރާކުރުމަށްފަހު ކުދިންނާއި މުވައްޒަފުންގެ ރައްކާތެރިކަމަކަށް ކަމަށެވެ.

comment ކޮމެންޓް