ދަރިފުޅުގެ މުސްތަގުބަލަށް އެމްއައިބީ ކާމިޔާބު ކިޑްސް އެކައުންޓް

ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންނާއި މެދު ދެކެމުންއަންނަ ފޮނި ހުވަފެންތައް ގުޅިފައިމިވަނީ ދަރިންގެ ތައުލީމާއި ތަރުބިއްޔަތުގެ މައްޗަށެވެ. މީގެ އެތައް ސަތޭކަ އަހަރު ކުރިން ތައުލީމީ މަންހަޖު ހަނިވިއެއްކަމަކު އޭރުވެސްދިވެހިން ތައުލީމަށް ދެމުން އައި އަހަންމިއްޔަތުކަމުގެ ހެއްކެއްގެ ގޮތުން ރާއްޖެއިން ހޯދާފައިވާ ލިޔަންކިޔަން އެނގުން ނުވަތަ އަސާސީ ތަޢުލީމުގެ ކާމިޔާބީތައް ފުދެއެވެ.

މީގެ 30ހަކަށް އަހަރު ކުރިއަށް ޖެހިލާއިރު މަތީ ތައުލީމުގެ ފުރުސަތުތައް ދިވެހިންނަށް ލިބިގެން ދިޔައީ ހެޔޮއެދޭ ބޭރުގެ ގައުމުތަކުން ދެމުން އައި ސްކޮލަޝިޕް ތަކާއި ތައުލީމުގެ އެކި ފުރުސަތުތަކުންނެވެ. މިގޮތުން ސައިންސާއި، ވިޔަފާރި، އަދި އާޓްސްގެ އެކި ރޮނގުތަކުން ތައުލީމު ހާސިލްކުމުރުމަށް ދިވެހި ޒުވާނުންނަށް ފުރުސަތު ލިބުނެވެ. 1970 އިން 2000 ގެ އަހަރުތަކުގައި އޯލެވެލް އަދި އޭލަވެލް ހަދަމުން އައި ދަރިވަރުންގެ އަމާޒަކީ ސްކޫލު ނިމުމަށްފަހު ސަރުކާރު ވަޒީފާއެއް ހޯދައި މިފަދަ ސްކޮލަޝިޕްތައް ހޯދުމެވެ. އަދި ތައުލީމު ހާސިލްކޮށް ވަކި ދާއިރާތަކެއްގެ މާހިރުންގެ ގޮތުގައި ދިވެހި ރާއްޖޭގެ އެކިއެކި ދާއިރާތަކުގެ މޭސްތިރިންނަށް ވުމެވެ.

ދިވެހިންގެ ހިއްވަރާއި ފަންވަރުން ތަރައްގީގެ މަގުގައި ހޯދިކުރިއެރުން ތަކުގެ ނަތީޖާއަކީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމު ތަކުގެ ލިސްޓުން އުނިވެ ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ ބަދަލުވުމެވެ. އަދީ މީގެ ނަތީޖާއެއްގެގޮތުން އެހެން ގައުމުތަކުން ދެމުންއައި އެހީތަށްވެސް މަދުވުމާއި ސްކޮލާޝިޕްތައް މަދުވުމެވެ.

އޭރު ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ލިބުމުގެ ފުރުސަތުތައް ހަނިވެފައި މަދެވެ. ބައެއްދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ލިބެން ހުއްރިނަމަވެސް ގިނަދާއިރާތަކުން ތައުލީމު ހޯދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވައި އެތައް ހޭދަތަކެއް ކުރަން ޖެހެއެވެ. މިކަމުގައި ސަރުކާރުގެ ބަޖެޓުންނާއި، އަދި އަމިއްލަ ފަރުދުންގެ ޖީބުން އެތައް ފައިސާއެއް ހަރަދުކުރިއެވެ. 2010 ގެ ފަހުގެ އަހަރުތަކަށް ބަލާލާއިރު ސަރުކާރުގެ ސްކޮލަޝިޕްތައް މަދުކޮށް ލޯންސްކީމްތައް ހުޅުވާލެވުނެވެ. އަދި މާގިނަދުވަސްތަކެއްނުވެ، ލޯން ހޯދައިގެން ކިޔެވޭނެ ދާއިރާތައް ހަނިވެ، ދެވޭނެ ގައުމުތަށްވެސް މަދުވިއެވެ. އަދި މަތީ ތައުލީމަށް ސަރުކާރުން ކުރަމުންއަންނަ ހޭދައިގެ ބޮޑުބައެއް އަމާޒު ކުރެވިގެން ދިޔައީ ގައުމުގެ އެތެރޭގައި އުފެދިފައިވާ މަތީ ތައުލީމުގެ ބިނާތައް ފުޅާކުރުމަށެވެ.

ޒަމާންގަނޑަކަށް ފަހު މިއަދު މިވަނީ ދިވެހި މަތީ ތައުލީމުގެ އުދަރެސް ބަދަލުވެފައިއެވެ. މަތީ ތައުލީމު ދިނުމަށް ސަރުކާރުން ދެ ޔުނިވާރސިޓީއެއް ގާއިމުކޮށްފައިވާއިރު، އަމިއްލަ އެތައް ކޮލެޖުތަކެއްވެސް ވަނީ އުފެދިފައިއެވެ. މީގެ ކުރީގައި ދިވެހިން ނުދެކޭހާ ގިނައިން އަހަރެއްގެ މައްޗަށް ދަރިވަރުން ގްރެޖުއޭޓްވެގެން މަސައްކަތުގެ މައިދާނަށް ނުކުމެއެވެ.

ނަތީޖާއަކީ މިއަދުގެ ދިވެހި އިގުތިސާދުގައި، ބެޗަލާސް ޑިގްރީ އަކީ ގިނަ ދާއިރާ ތަކުގެ ވަޒީފާތަކުގެ އެންމެ ފަށައިގަންނަ ގިންތި އަށްވަނުމުގެ އަސާސީ ތައުލީމީ ފެންވަރަށްވުމެވެ. އަދި މާސްޓާސް ޑިގްރީއެއް އޮތުމަކުން ވަކިން އިތުރު މާބޮޑު ކުރިއެރުންތަކެއް ލިބެން ނެތްކަމެވެ.

ދިވެހި އިގްތިސޯދު މިހާ ވާދަވެރިވެރިވެފައިވާ ޒަމާނެއްގައި މިއަދުގެ މައިންބަފައިން ދަރިންނަށްޓަކާ ވިސްނަންޖެހޭ ވިސްނުން ކުރިއަށްވުރެ ގިވެއްޖެއެވެ. ރަނގަޅުފެންވަރެއްގެ ޔުނިވަސިޓީއަކުން، އާންމުކޮށް މީހުން ނުކިޔަވާ ދާއިރާއަކުން ތައުލީމް ހާސިލްކޮށްގެން ނޫނީ ވާދަވެރިކަން އިތުރު ވެގެން މިދާ ދިވެހި އިގުތިސޯދުގައި ކާމިޔާބީއަށް ވާސިލްނުވެވޭނެއެވެ.

ތައުލީމަށް ހޭދަކުރަންޖެހޭ މިންވަރު އިތުރުވަމުން އަންނައިރު، ވާދަވެރި ފަންނަކުން ދަރިންނަށް ފުރުސަތުހޯދައިދޭން ކުރަންޖެހޭ ހޭދައަހަށް ކުރީބައިގައި ތައްޔާރު ނުވެވިއްޖެނަމަ ހިތާމަކުރަން ޖެހުން ގާތެވެ. ދަރިފުޅު ކުރިއަރަން ބޭނުންވާ ދާއިރާއިން ތައުލީމު ހާސިލްކޮށްދިނުމަށް ފައިސާބޭނުންވާ ދުވަހު ފައިސާ ރައްކާކުރެވިފައި ނެތުމަކީ ތިމާއަށް ލިބޭ ދެރައަކަށް ނުވެ ނުދާނެއެވެ. އެހެންކަމުން ދަރިފުޅު ތުއްތު އިރުއްސުރެ ފަހަށް ރައްކާކުރެވޭނެ އުސޫލެއް އިހުތިޔާރު ކުރުމަކީ ވަރަށް މުހިންމު ޒިންމާއެކެވެ.

މިއަދުގެ ހަގީގަތަކީ ސަރުކާރުގެ ލޯނުގައި ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު ނުލިބުމާއި މަތީ ތައުލީމަށް ކުރަންޖެހޭ ހަރަދު އިތުރުވެގެން އައުމާއިއެކު ފަހަށް ފައިސާ ރައްކާކުރުމުގެ ގަބީލުކަން ހުރެމެ ފަހަށް ފައިސާ ރައްކާ ނުކޮށް ތިބުމެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ރަނގަޅު ޕްލޭނަކާއެކު ފަހަށް ރައްކާކުރަންފެށުމެވެ. އަޅުގަނޑުމެން މިއުޅޭ ބުރަ މާހައުލުގައި މިފަދަ ޕްލޭނެއް ހެދުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް އެމްއައިބީން މިވަނީ މިފަދަ ޕްލޭނެއްގެ ދަށުން ފަހަށް ރައްކާކުރާނެ އެކައުންޓެއް ތައާރަފް ކޮށްފައެވެ. ބޭނުން ނަމަ ޑޮލަރުން ވެސް ފަހަށް ރައްކާކުރެވޭ ގޮތަށް އެމްއައިބީ އިން ތައާރަފް ކޮށްފައިވަނީ ކާމިޔާބު ކިޑްސް އެކައުންޓެވެ.

10 ނުވަތަ 18 އަހަރު ފަހުން އޯއީސީޑީ ގައުމުތަށް އަދި އޭޝިއާ ގައުމުތަކުން ތައުލީމު ހާސިލް ކުރުމަށް ހިނގާނެ ހަރަދާ ގުޅޭގޮތުން އެމްއައިބީ އިން ކޮށްފައިވާ ދިރާސާއެއް:

މި ޕްރޮޑަކްޓަކީ ރާއްޖޭގެ ނިސްބަތުން ދަރިންގެ މުސްތަގުބަލަށް ފަހަށް ރައްކާކުރުމަށް އެންމެ ރަނގަޅު ޕްރޮޑަކްޓެވެ. މި ޕްރޮޑަކްޓް ތައާރަފް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ފަސޭހަކަމާއިއެކު ފަހަށް ރައްކާކުރުމުގެ އުސޫލެއް މައިން ބަފައިންނަށް ގާއިމްކޮށްދިނުމެވެ. މި ޕްރޮޑަކްޓުގެ ރިޓާން އޮން އިންވެސްޓްމެންޓް ރަނގަޅުވުމުގެ އިތުރުން މާލީގޮތުން ފައިސާ ރައްކާކުރަން ޖެހޭ ގޮތުގެ މަގުޗާޓެއް އެކުލަވާލައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން މޮނީޓާކޮށް ބެލެހެއްޓޭނެއެވެ. އުމުރުން 16 އަހަރު ނުވާ ކޮންމެ ކުއްޖެއްގެ ނަމުގައިވެސް ކާމިޔާބު ކިޑްސް އެކައުންޓެއް ހުޅުވިދާނެއެވެ.

"މިއީ ޝަރީއާ ހުއްދަކުރާ އުސޫލުތަކުގެ މަތިން ދަރިންގެ މުސްތަގުބަލަށް ފަހަށް ރައްކާކުރުމަށްޓަކާ ހުޅުވޭ އެކައުންޓެއް،" އެމްއައިބީގެ އޮފިޝަލަކު ވިދާޅުވިއެވެ.

"ކުޑައިރުއްސުރެ ސޭވިން ޕްލޭނެއް އޮތުމަކީ ވަރަށް މުހިއްމު ކަމެއް. ދަރިފުޅު މަތީތައުލީމު ނިންމާފައި އަންނަ އިރު ދަރަނިވެރި ވުމުން ސަލާމަތްވުމަށް ދުރާލާ ތައްޔާރުވުމުގެ މަގުފަހިކޮށްދޭ ސޭވިންގ އެކައުންޓެއް މިއީ،" ކާމިޔާބު ކިޑްސް އެކައުންޓާ ގުޅޭގޮތުން އެ ބޭންކުގެ އޮފިޝަލު ވިދާޅުވިއެވެ.

"މި ޕްރޮޑަކްޓާއެކު ސްޓެންޑިން އޯޑާގެ ހިދުމަތް ހިލޭ ލިބޭނެ. ދެން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކައުންޓުގެ ތަފްސީލު ބަލާލެވޭނެ. ރުފިޔާ އާއި ޑޮލަރާ އެއް ރޭޓެއްގައި ފައިދާ ބަހާނީ. އަދި މިކޮޅުން އެބަ ފޯރުކޮށްދެން ސޭވިން ޕްލޭނެއް ވެސް. ދަރިފުޅު ކިޔަވަން ބޭނުންވާ ދާއިރާ އަކުން ކިޔަވަން ހޭދަވާނީ ކިހާ އަދަދެއްގެ ފައިސާތޯ ބަލާފައި، މަހަކު ކިހާވަރެއް ރައްކާކޮށްގެންތޯ އެވަރަށް ފައިސާ ހަމަކުރެވޭނީ. އަޅުގަނޑުމެން ލަފާދޭނަން ކޮންމެ މަހަކު ޖަމާކުރަންވީ ކިހާވަރެއްކަން. މިކަންތައްތައް މޮނިޓަރ ކޮށް ބަލަހައްޓާނެ މިކޮޅުން،" އޮފިޝަލު ވިދާޅުވިއެވެ.

މި އެކައުންޓު ހުޅުވުމަށް އެންމެ ފުރަތަމަ އެކައުންޓުގައި ރައްކާ ކުރަންޖެހޭނީ 2500 ރުފިޔާ ނުވަތަ 150 ޑޮލަރެވެ. ކުއްޖާގެ މަންމަ، ބައްޕަ ނުވަތަ ގާނޫނީ ގޮތުން ބަލަދުވެރިކަން ހަވާލުވެފައިވާ ފަރާތުން ކުއްޖާގެ ނަމުގައި އެކައުންޓު ހުޅުވައިދެވޭނެއެވެ.

ކާމިޔާބު ކިޑްސް އެކައުންޓުގެ ފައިދާ ކޮންމެ ހަ މަހަކުން ބަހާނެއެވެ. އެކައުންޓު ހުޅުވުމަށްފަހު ފައިސާ ޖަމާކުރާކަށް ވަކި ލިމިޓެއް ނޯންނާނެއެވެ. ދަރިފުޅަށް 18 އަހަރު ވާއިރު ކިޔެވުމަށް ހަރަދުވާނެ ކަމަށް ލަފާކުރާ ޓާގެޓު އަދަދު ހަމަކުރުމަށް ބޭނުންވާ މިންވަރަށްވުރެ މަދުން އަދި ގިނައިންވެސް ފައިސާ ޖަމާ ކުރެވިދާނެއެވެ.

މި އެކައުންޓު ހުޅުވުމަށް، އެކައުންޓު ހުޅުވުމަށް ބޭނުންވާ ފޯމާއި މައުލޫމާތު ފޯމު، މަންމަ، ބައްޕަ ނުވަތަ ގާނޫނީގޮތުން ކުއްޖާގެ ބެލެނިވެރިޔާގެ މައުލޫމާތު ފޯމާއި ކުއްޖާގެ އައިޑީކާޑު ކޮޕީ، ބެލެނިވެރިޔާ، މަންމަ ނުވަތަ ބައްޕަގެ އައިޑީކާޑު ކޮޕީ، ކުއްޖާއަށް 10 އަހަރު ފުރިފައިވާނަމަ އުފަންދުވަހުގެ ސެޓްފިކެޓުގެ ކޮޕީ، ކުއްޖާގެ ނަމުގައި އެކައުންޓް ހުޅުވަނީ ގާނޫނީ ބެލެނިވެރިޔާ ނަމަ އެކަން އަންގައިދޭ ލިޔުމެއް އަދި ސްޓޭންޑިން އޯޑާ ހިދުމަތް ބޭނުންނަމަ އެކަމަށް އެދޭ ފޯމު ހުށަހަޅަންޖެހެއެވެ.

ކާމިޔާބު ކިޑްސް އެކައުންޓު ތައާރަފު ކުރިނަމަވެސް މިހާރު ހުރި ކިޑްސް ސޭވިންގްސް އެކައުންޓުތަކަކަށް ބަދަލެއް ނާންނާނެއެވެ.

comment ކޮމެންޓް