ފިޖީގެ ފިޝަރީޒް މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ފިޖީގެ ފިޝަރީޒް މިނިސްޓަރު ސެމީ ކޮރޮއިލަވެސައު---

ފިޖީގެ ފިޝަރީޒް މިނިސްޓަރު ސެމީ ކޮރޮއިލަވެސައު ރާއްޖެ ވަޑައިގެންފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން މިއަދު ބުނީ ފިޖީގެ ފިޝަރީޒް މިނިސްޓަރު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅަކީ 34 ވަނަ އިންފޯފިޝް ގަވަރނިން ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އިންފޯފިޝް ގަވަނިންގް ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16 އިން 19 އަށެވެ.

މިއަހަރު އިންފޯފިޝް ގަވަނިން ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ދިވެހިރާއްޖޭންނެވެ.

އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާ (އެފްއޭއޯ)ގެ އެހީތެރިކަމާ އެކު ހިންގާ، ސަރަހައްދީ މެމްބަރު ގައުމުތައް ތަމްސީލުކުރާ ޖަމްއިއްޔާ އެކެވެ. މި ޖަމްއިއްޔާގައި 13 މެމްބަރު ގައުމު ހިމެނޭ އިރު، އިންފޯ ފިޝް އިން އޭޝިޔާއާއި ޕެސިފިކް ގައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗާ ކުރިއަރުވައި ބައިނަލްއަގުވާމީ ވިޔަފާރިފުޅާކުރުމަށް އެހީތެރިވެދީ މާކެޓްތަކާ ގުޅުވައިދިނުމަށް މަގު ފަހިކޮށްދެ އެވެ.

comment ކޮމެންޓް