ޕާނިޕަޓް އާ ދެކޮޅަށް އަޑުއުފުލާތީ ފިލްމުން ބައެއް އުނިކޮށްފި

ވަރުގަދަ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަޓް" އާ ދެކޮޅަށް އަޑުއުފުލަމުންދާތީ އެ ފިލްމުން 11 މިނެޓުގެ މަންޒަރުތަކެއް އުނިކޮށްފިއެވެ.

އިންޑިއާގެ ތާރީހާ ހިލާފު ވާހަކަތަކެެއް ފިލްމުގައި ހިމަނާފައިވާކަމަށް ބުނެ ބަޔަކު މުޒާހަރާކުރަމުންދާތީއެވެ.

އެ ފިލްމުގައި ހިމެނޭ 11 މިނެޓް އުނިކުރީ ފިލްމުގެ ޓީމުން އަމިއްލައަށް ބޭނުންވެގެންނެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން ސިނަމާތަކުގައި ދައްކަނީ ފިލްމުގެ އާ ވާޝަން އެވެ.

ބަތަލާ ކްރިތީ ސެނަން އާއި އަރްޖުން ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޑައިރެކްޓް ކުރަނީ އަޝުތޯޝް ގޮވަރިކާއެވެ.

ފިލްމުގައި ސަންޖޭ ދަތުވެސް ބޮޑޫ ރޯލެއް ކުޅޭއިރު އެ ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަަކީ ޕަދްމިނީ ކޯލަޕޫރީ، މޯނިޝް ބޭލް އަދި ޒީނަތު އަމަން އެވެ.

comment ކޮމެންޓް