ކަރަން ޖޯހަރުގެ "ގޯސްޓް ސްޓޯރީސް"ގެ ޓްރެއިލާ ރިލީޒްކޮށްފި

ކަރަން ޖޯހަރުގެ "ގޯސްޓް ސްޓޯރީސް"ގެ ޓްރެއިލާ ރިލީޒްކޮށްފި އެވެ.

ފިލްމުގެ ޓްރެއިލާ އިއްޔެ ރިލީޒްކުރިއިރު އެ ޓްރެއިލާ އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ކަރަން އާއި ޒޯޔާ އަހްތަރު ގުޅިގެން ގެނެސްދޭ އެ ފިލްމު ރިލީޒްކުރާނީ އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު ނެޓްފްލިކްސްގަ އެވެ.

ލަސްޓް ސްޓޯރީސް ގެނެސްދިނުމަށް ފަހު އާ ޕްރޮޑަކްޓެއް ގެނެސްދޭން ކަރަން ތައްޔާރުވަމުން އަންނައިރު އޭނާ ބުނީ ގޯސްޓް ސްޓޯރީސް ވެސް ބެލުންތެރިންނަށް ކަމުދާނެ ކަމަށެވެ. މިއީ ސުޕަނެޗުރަލް ފިލްމެކެވެ.

އެ ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖާންވީ ކަޕޫރު، މުރްނާލް ތާކުރު އަދި ވިޖޭ ވަރްމާ އެވެ. އެ ފިލްމުގައި ޖާންވީ ފެނިގެންދަނީ ނަރުހެއްގެ ރޯލުންނެވެ.

ކަރަން އެންމެ ފަހުން ނެޓްފްލިކްސް އަށް ގެނެސްދިނީ ޑްރައިވް އެވެ. އެ ފިލްމަށް މާބޮޑު ތަރުހީބެއް ލިބިފައެއްނުވެ އެވެ. އެ ފިލްމަކީ ބޮލީވުޑްގެ ކާމިޔާބު ތަރި ސުޝާންތު ސިންގް ރާޖްޕުތު އާއި ޖެކްލީން ފާނަންޑޭޒް ލީޑު ރޯލުން ފެނިގެންދިޔަ ފިލްމެކެވެ.

comment ކޮމެންޓް