މަރްދާނީ 2 ވެސް ލީކުކޮށްލައިފި

ރާނީ ފެނިގެންދާ މަރުދާނީ 2 ގެ ޕޯސްޓަރެއް ---

ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ރާނީ މުކަރްޖީގެ ކާމިޔާބު ފިލްމު 'މަރްދާނީ'ގެ ސީކުއެލް ރިލީޒްކުރުމާ އެކު އެ ފިލްމު ވެސް ލީކުކޮށްލައިފި އެވެ.

މަރްދާނީ 2 ލީކުކޮށްލާފައި ވަނީ ފަހަކަށް އައިސް ރިލީޒްކުރަމުން އަންނަ ހުރިހާ ފިލްމުތަކެއް ލީކުކުރަމުން އަންނަ ތަމިލް ރޮކާޒްއިންނެވެ.

ފިލްމަށް ރަނގަޅު ރޭޓިން ލިބެމުން އަންނައިރު ބޮލީވުޑްގެ ކްރިޓީކުން ވެސް އަންނަނީ ފިލްމު ރީތި ކަމަށް ބުނަމުންނެވެ. ގިނަ ކްރިޓީކުން ފިލްމުގެ ރޭޓިން އަށް ދީފައި ވަނީ ފަހަކުން ތިނެކެވެ.

މަރްދާނީ 2ގައި ރާނީ އަދާކުރާނީ ސުޕައިންޓެންޑެންޓް އޮފް ޕޮލިސްގެ ރޯލުންނެވެ. މަރްދާނީގައި ރާނީ ފެނިގެން ދިޔައީ ޗައިލްޑް ޓްރެފިކިން އާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ސީނިއާ އިންސްޕެކްޓަރު ޝިވާނީ ޝިވާޖީގެ ރޯލުންނެވެ.

comment ކޮމެންޓް