ސްޓްރީޓް ޑާންސާގެ އާ ޕޯސްޓަރެއް

ސްޓްރީޓް ޑާންސާގެ ޕޯސްޓަރު

ބަތަލާ ވަރުން ދަވަން ސްޓްރީޓް ޑާންސާގެ ޕޯސްޓަރު އާންމުކުރިތާ މާ ގިނަ ދުވަހެއް ނުވެ ބަތަލާ ޝްރައްދާ ސްޓްރީޓް ޑާންސާގެ ޕޯސްޓަރެއް އާންމުކޮށްފި އެވެ.

އެ ޕޯސްޓަރުން ފެނިގެންދަނީ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ޝްރަައްދާ އެވެ. ފިލްމުގެ ޓްރެއިލާ މި މަހު 18ގައި ރިލީޒްކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ފިލްމުގެ ޓްރެއިލާއަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.

ޑައިރެކްޓަރު، ކޮރެއޯގްރާފަރު ރޭމޯ ޑިސޫޒާ، އެކްޓަރު ވަރުން ދަވާން އާއެކު ގެނެސްދޭ "ސްޓްރީޓް ޑާންސާ" ރިލީޒްކުރާނީ އަންނަ މަހުގެ 24 ވަނަ ދުވަހު އެވެ.

މި ފިލްމަކީ މިހާތަނަށް އިންޑިއާއިން ގެނެސްދޭ އެންމެ ބޮޑު ޑާންސް ފިލްމެވެ. ޑާންސް ގްރޫޕްތަކެއްގެ ކުރިމަތިލުން ފިލްމުގައި ފެނިގެންދާނެ އެވެ. މި ފިލްމުގައި ކޮރިއޮގްރާފަރު ޕްރަބޫދޭވާގެ ސަޅި ނެށުންތަކެއް ފެނިގެންދާ ލަވަ "މުގާބަލާ"ގެ ރީމޭކެއް ފެނިގެންދާނެއެވެ. "މުގާބަލާ" އަކީ 1994 ވަނަ އަހަރު ނުކުތް ފިލްމު "ކަދުލާން" ގެ ލަވައެކެވެ.

އެ ފިލްމުގައި ވަރުން އަދާކުރާނީ ޕަންޖާބަށް ނިސްބަތްވާ ނެށުންތެރިއެއްގެ ރޯލު ކަމަށާއި، ޝްރައްދާ ފެނިގެންދާނީ ޕާކިސްތާނަށް ނިސްބަތްވާ ނެށުންތެރިއެއްގެ ރޯލުން ކަމަށް ޚަބަރުތައް ބުނެ އެވެ.

comment ކޮމެންޓް