"ފްރޯޒެން 2" އެއް ބިލިއަނާ ދިމާލަށް!

ފްރޯޒެން 2 ގެ މަންޒަރެއް

ޑިޒްނީން މިހާތަނަށް ނެރުނު އެންމެ ވަރުގަދަ އެނިމޭޓެޑް އެެއް ފިލްމު ކަމަށްވާ "ފްރޯޒެން"ގެ ދެވަނަ ބައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމާ ގާތްކޮށްފި އެވެ.

މިދިޔަ މަހުގައި ފިލްމު އެޅުވި ފަހުން މިހާތަނަށް ތިން ހަފްތާ ވަންދެއް ޖެހިޖެހިގެން ބޮކްސް އޮފީހުގެ ޗާޓުގެ އެއްވަނާގައި އޮތީ ފްރޯޒެން އެވެ. އެގޮތުން މިއަންނަ އާދިއްތަ ދުވަހާ ހަމައަށް ހަފްތާ ބަންދުގެ ތެރޭގައި ވެސް އިތުރު 34 މިލިއަން ޑޮލަރު އެ ފިލްމަށް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ފްރޯޒެން 2 އަށް މިހާރު ވެސް ވަނީ 919.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. އަދި އެ ފިލްމު އެޅުވިތާ މަހެއް ނުވާއިރު އެހާ ބޮޑު ކާމިޔާބީއެއް ލިބުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޑީޒްނީއިން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް މި މަސް ނިމުމުގެ ކުރީން ފްރޯޒެން އަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

ޑިޒްނީގެ ފްރޯޒެންގެ ފުރަތަމަ ބައެއް ނެރެފައި ވަނީ 2013 ވަނަ އަހަރުގަ އެވެ. އެ ފިލްމަށް ވެސް ވަނީ އެއް ބިލިއަނަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.

comment ކޮމެންޓް