"ޖުމާންޖީ" އަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ކާމިޔާބީއެއް!

ޖުމާންޖީގެ ނެކްސްޓް ލެވެލްގެ ޕޯސްޓަރެއް --- ފޮޓޯ ސޮނީ

ކުރީގެ މަޝްހޫރު އެޑްވެންޗާ ފިލްމު "ޖުމާންޖީ"ގެ ރީބޫޓްގެ ދެވަނަ ފިލްމު ކަމަށްވާ "ޖުމާންޖީ: ނެކްޓް ލެވެލް" އަށް ބޮކްސް އޮފީހުގައި ހީވެސް ނުކުރާ ވަރުގެ ކާމިޔާބީ އެއް ލިބެން ފަށައިފި އެވެ.

ޑްވޭން ޖޯންސަން އާއި ކެވިން ހާޓް އަދި ކޭރެން ޖިލަންގެ އިތުރުން ޖެކް ބްލެކް ފެނިގެންދާ ޖުމާންޖީގެ އާ ފިލްމު އަމާޒު ހިފާފައި ވަނީ ބޮކްސް އޮފީހުގެ އެއްވަނައަށެވެ.

ތަފާސް ހިސާބުން ދައްކާގޮތުގައި ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ޖުމާންޖީގެ ފިލްމު ބޮކްސް އޮފީހުގެ އެއްވަނައަށް އަރާނެ އެވެ. މިވަގުތު ބޮކްސް އޮފީހުގެ އެއްވަނައިގައި އޮތީ ޑިޒްނީގެ މަޝްހޫރު ފްރޮޒެންގެ ދެވަނަ ފިލްމެވެ.

ސޮނީ ސްޓޫޑިއޯއިން ނެރުނު ޖުމާންޖީ: ނެކްސްޓް ލެވެލް އަކީ އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާނެ ފިލްމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން 2017 ވަނަ އަހަރު ޖުމާންޖީ ރިބޫޓުކޮށް ނެރުނު ފިލްމަށް ވަނީ 960 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. ސޮނީ ސްޓޫޑިއޯއިން ޖުމާންޖީގެ އާ ފިލްމެއް ނެރުމަށް ނިންމީ ވެސް އެ ކާމިޔާބާ ގުޅިގެންނެވެ.

comment ކޮމެންޓް