ބަތަލާ ނުޝްރަތު ރާއްޖޭގައި

ނުޝްރަތު ބަރޫޗާ --

"ޑްރީމް ގާލް" ފަދަ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮސްފައިވާ ބަތަލާ ނުޝްރަތު ބަރޫޗާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނުޝްރަތު ރާއްޖެ އައިސްފައި ވަނީ އިއްޔެ އެވެ.

އޭނާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދަނީ ނ. އަތޮޅުގައި އޮންނަ ސަން ސިޔާމް އިރުފުށީގަ އެވެ.

ދަތުރުގެ އެކި ފޮޓޯތައް ނުޝްރަތު ދަނީ ސޯޝަލް މީޑިއާގައި އާންމުކުރަމުންނެވެ. އެގޮތުން ނުޝްރަތު ވަނީ އިރުފުށީގައި ޕޫލަށް އެރި ފްލޯޓިން ނާސްތާއަކަށް އިންސާފުކޮށްފަ އެވެ.

އުމުރުން 34 އަހަރުގެ ނުޝްރަތު އެންމެ ފުރަތަމަ ފެނިފައި ވަނީ ޑެއިލީ ސޯޕްތަކުންނެވެ. އަދި އެންމެ ފުރަތަމަ ބޮލީވުޑަށް ނިކުތީ 2009 ވަނަ އަހަރު ނެރުނު "ކަލް ކިސްނޭ ދޭކާ" އިންނެވެ. ނަމަވެސް އެ ފިލްމު ފްލޮޕަކަށް ވެގެން ދިޔުމުން އޭނާ މަގުބޫލުވާ ގޮތެއް ނުވި އެވެ.

އެންމެފަހުން ނުޝްރަތަށް ބޮޑު ކާމިޔާބީއެއް ލިބިފައި ވަނީ 2015 ވަނަ އަހަރު ނެރުނު "ޕްޔާރު ކާ ޕަންޗްނާމާ 2" އިންނެވެ.

comment ކޮމެންޓް