ކުޑަކުދީންނަށް ހާއްސަ ވާހަކަ ފޮތް ސީރީޒެއް ޝަހުދީ ނެރެފި

ޝަހުދީގެ "މަވެށި" ވާހަކަ ސީރީޒް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : މިނިސްޓްރީ އޮފް އާޓްސް

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހުދީ ލިޔުއްވާފައިވާ ކުޑަކުދީންނަށް ހާއްސަ ވާހަކަފޮތްތަކެއް ރިލީޒުކޮށްފި އެވެ.

ރޭގައި ދިވެހި ރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތްތައް ނެރެދެއްވާފައި ވަނީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

ރޭގައި ތައާރަފުކުރި ފަސް ފޮތަކީ "މަވެށި" ނަމަކަށް ކިޔާ ސީރީޒް އެއްގެ ގޮތުގައި ނެރުނު ފޮތްތަކެކެވެ.

ޝަހުދީގެ "މަވެށި" ވާހަކަ ސީރީޒް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : މިނިސްޓްރީ އޮފް އާޓްސް

އޮންލައިން ވާހަކަ ޕްލެޓްފޯމެއް ކަމަށްވާ ވާހަކަ.ކޮމް އިން ޕަބްލިޝްކުރި މަވެށި ވާހަކައިގައި ހިމެނެނީ ރާއްޖޭގެ ތިމާވެށްޓާ ގުޅުންހުރި ވާހަކަތެކެވެ. އެ ފަސް ފޮތަކީ

  • އެކުވެރި ތިން މިޔަރު
  • ބުއްދިވެރި ފިނދަނަ
  • ނަސީބު ދެރަ ކޮވެލި
  • ކިބުރުވެރި ބުޅާ
  • ކޮކާލުގެ ހުވަފެން

"ސަން" އަށް މައުލޫމާތު ދެއްވަމުން ޝަހުދީ ވިދާޅުވީ އެ ފޮތްތަކަކީ ރަނގަޅު ކޮލިޓީގައި ތައްޔާރުކޮށްފައިވާ ފޮތްތަކެއް ކަމަށެވެ. އަދި އެފޮތްތަކުން ކުޑަކުދީން ފޫހިފިލުމާއެކު އެކި މައުލޫމާތުތައް ވެސް ލިބިގެންދާނެ ކަމަށް ޝަހުދީ ވިދާޅުވި އެވެ.

ޝަހުދީ ވިދާޅުވީ އެ ފޮތްތަކުގައި ހިމެނޭ ވާހަކަތަކީ އޭނާގެ ދަރިފުޅު ނިދާއިރު ކިޔައިދޭ ވާހަތައް ކަމަށެވެ. އަދި އެ ވާހަކަތަކުގެ މެސެޖުތައް ވީހާ ވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ބޭނުންވާތީ އެ ފޮތްތައް ތައްޔާރުކުރީ ކަމަށް ޝަހުދީ ފާހަގަކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު