"މެޓްރިކްސް" 2021 ގައި، "ފްލެޝް" 2022ގައި!

މެޓްރިކްސް (ކ)، ފްލެޝް (ވ) --

ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ މެޓްރިކްސްގެ ރީބޫޓް ފިލްމު 2021 ނެރުމަށް ހަމަޖައްސައި ޑީސީގެ ސުޕަހީރޯ ފްލެޝްގެ ފިލްމު 2022ގައި ނެރުމަށް ވޯނާ ބްރޮސް އިން ނިންމައިފި އެވެ.

ވޯނާ ބްރޮސްގެ ޕްރޮޑަކްޝަގެ ދަށުން ދެ ފިލްމުގެ މަސައްކަތް ކުރިއަށްދާ އިރު އެ ދެ ފިލްމު ނެރޭނެ ތާރީހެއްގެ އިންތިޒާރުގައި އެތައް ބަޔަކު ކެތްމަދުވެފައި ތިއްބެވެ.

ވޯނާ ބްރޯސް އިން ބުނެފައި ވަނީ މެޓްރިކްސްގެ ރީބޫޓްކޮށް އެ ފިލްމު ސީރީޒްގެ ހަތަރު ވަނަ ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ 2021ގެ މެއި މަހުގެ 21ގައި ކަމަށެވެ.

މެޓްރިކްސް އަކީ 2000ގެ ކުރީކޮޅުގައި ނެރެފައިވާ ސައިންސް ފިކްޝަން ފިލްމު ފްރެންޗައިޒްއެކެވެ. އެތައް ބަޔަކަށް ކަމުގޮސްފައިވާ މެޓްރިކްސްގެ ލީޑުން ފެނިގެންގޮސްފައިވާ ކިއާނޫ ރީވްސް، ކުރިއަށް އޮތް މެޓްރިކްސް ފިލްމުން ފެނިގެންދާނެއެވެ.

ޑީސީގެ ސުޕަހީރޯގެ ސްޓޭންޑްއަލޯން ފިލްމު ފްލޭޝް ނެރުމަށް ހަމަޖެހިފައިވަނީ 2022ގެ ޖޫން އެކެއްގައެވެ.

ފްލެޝްގެ އެޅުވުން ވަނީ މިހާރު އެތައް ފަހަރެއްގެ މަތީން ލަސްވެފަ އެވެ. އެޒްރާ މިލާ ލީޑް ރޯލުން ފެނިގެންދާ ފްލެޝް ފުރަތަމަ ނެރުމަށް ހަމަޖެހިފައި ވަނީ މިއަންނަ އަހަރުގަ އެވެ. ނަމަވެސް ޑައިރެކްޓަރު ބަދަލުވެ މުޅި ސްކްރިޕްޓު އަލުން ބަދަލުކުރަން ނިންމުމުން ފިލްމުގެ ރިލީޒު ވަނީ ލަސް ވެފަ އެވެ.

comment ކޮމެންޓް