ފެންފުށީ ތުނޑި ކުއްޔަށް ދިނުން ޓޫރިޒަމުން ހުއްޓުވައިފި

އދ. ފެންފުށީ ތުޑި --

އދ. ފެންފުށީ ތުނޑި ކުއްޔަށް ދިނުމަށް ކައުންސިލުން ކުރި މަސައްކަތް، ޓޫރިޒަމް މިނިސްޓްރީއިން ހުއްޓުވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ފެންފުށީ ތުނޑިން 5000 އަކަފޫޫޓުގެ ހަތަރު ބިމެއް ކުއްޔަށް ދިނުމަށް މިދިޔަ އަހަރުގެ އޮގަސްޓު 30 ވަނަ ދުވަހު ކުރި އިއުލާނުގައި ބީލަން ހުށަހަޅަން ޖެހޭގޮތްް ސާފުކޮށް ބުނެފައިނުވާތީ އެ އިއުލާނު ބާތިލްކުރާ ކަމަށެވެ.

ޓޫރިޒަމް އިން ބުނީ ގެސްޓުހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމުގެ އުސޫލުގައިވާގޮތަށް، ފެންފުށީ ކައުންސިލުގެ އިއުލާނުގެ ދަށުން ތަރައްގީކުރެވޭނީ ވަކިވަކި ގެސްޓުހައުސްތަކެއްކަން ބީލަން ފޮތުން ސާފުނުވާ ކަމަށެވެ.

އެބީލަން ކާމިޔާބު ކުރި ފަރާތާއެކު ސޮއިކޮށްފައި ނުވާ ކަމަށާއި އެހެންކަމުން ފެންފުށީ ތުނޑީ ސަރަހައްދުން ގެސްޓުހައުސް އެޅުމަށް ބިން ކުއްޔަށް ދޫކުރަން އެ ރަށުން ކައުންސިލުން ކޮށްފައިވާ އިއުލާނު ބާތިލްކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ އެ އިއުލާނު ބާތިލްކުރި ނަމަވެސް އެ ބިންތައް އަލުން ބީލަމަށް ހުޅުވާލުމަށް ކުރަންޖެހޭ ކަންތައް ކައުންސިލާ ގުޅިގެން މިނިސްޓްރީ އިން ކުރާނެ ކަމަށެވެ.

comment ކޮމެންޓް