މިއީ މިއަހަރު އެންމެ ގިނަބަޔަކު ސާޗްކުރި ރެސިޕީ!

ޝެޕާޑް ޕައި އެއް --ފޮޓޯ އަދި ރެސިޕީ:ޑެލިޝް

މީރު އެއްޗެއް ކާހިތްވުމުން ނުވަތަ ކައްކާހިތްވުމުން، ރެސިޕީއެއް ނޭގޭނަމަ އެންމެ ފުރަތަމަވެސް ކޮށްލާނީ 'ގޫގުލް ސާރޗް' އެކެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އުޅޭ އެތަށްހާސްބައެއްގެ ރެސިޕީތައް އެހާމެ ފަސޭހައިން ގޫގުލް މެދުވެރިކޮށް މިއަދު ލިބެން ހުރިއިރު، ދިރިއުޅުން މިވަނީ އެތަށް ގުނައެއް ފަސޭހަކޮށްދީފަ އެވެ.

ގޫގުލްއިން މިއަހަރު އެންމެ ގިނަބަޔަކު ކުރި ސާރޗްތައް އަންގައިދޭ 'ގޫގުލް ޓްރެންޑްސް' އާންމުކޮށްފައިވާއިރު، މި ލިސްޓުން އެންމެ ގިނަބަޔަކު ސާރޗްކުރި ރެސިޕީއަކީ "ޝެޕާޑް ޕައި" އެވެ.

އިގިރޭސިވިލާތުން އުފަންވި، ޝެޕާޑް ޕައި ނުވަތަ ކޮޓެޖް ޕައިއަކީ އާންމުގޮތެއްގައި ލޭމްބް، ނޫނީ ބީފް އިން ތައްޔާރުކުރެވޭ ޕައި އެކެވެ. އެކި ހިސާބުތަކުގައި މި ރެސިޕީގައި ތަފާތުތަކެއް ހުރި ނަމަވެސް މައިގަނޑުގޮތެއްގައި މި ރެސިޕީގައި ތައްޔާރުކުރެވެނީ މިންސްޑް މީޓްގެ ކޮންމެވެސް ބާވަތެއް، ގްރޭވީ އެއް ނުވަތަ ކޮންމެވެސް ސޯސްއެއްގައި ކެއްކުމަށްފަހު، ޕައި ކްރަސްޓަށް އަޅާ، އޭގެ މައްޗަށް މޭޝްޑް ޕޮޓޭޓޯ އަޅާ ފިހެލައިގެންނެވެ.

މިގޮތުން ތައްޔާރުކުރެވޭ ސޯސްއަށް އާންމުގޮތެއްގައި އަޅާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ، ފިޔާ، ސެލެރީ، ކެރެޓު އަދި ޕީސް އެވެ. އަދި މޭޝްޑް ޕޮޓޭޓޯ ލޭޔާގެ މައްޗަށް ފަހަކަށްއައިސް ޗީޒްވެސް އަޅާ އުޅެއެވެ.

ޝެޕާޑް ޕައިގެ ރެސިޕީ ގޫގުލްގައި ސާރޗްކޮށްލުމުން 0.60 ސިކުންތުގެ ތެރޭގައި 15 މިލިއަނެއްހާ ގުޅުންހުރި ލިޔުމާއި ވީޑިއޯ އާޓިކަލްތައް ފެނެއެވެ.

ޝެޕާޑް ޕައިގެ ރެސިޕީއެއް

މޭޝްޑް ޕޮޓޭޓޯ އަށް ބޭނުންވާ ތަކެތި

  • 1 1/2 ޕައުންޑް އަލުވި
  • 1/4 ޖޯޑު ކިރު
  • 1/4 ޖޯޑު ސަވާ ކްރީމް
  • 4 މޭޒުމަތީ ސަމްސާ ބަޓަރު (ދިޔާކޮށް)
  • ލޮނު،
  • އަސޭމިރުސް (މުގުރާފައި)

ބީފް މިކްސް ތައްޔާރުކުރުމަށް ބޭނުންވާތަކެތި

  • 1 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
  • 1 ފިޔާ (ކޮށާފައި)
  • 2 ކެރެޓް (ކޮށާފައި)
  • 2 ލޮނުމެދު (ހިމުންކޮށްފައި)
  • 1 1/2 ޕައުންޑް މިންސްޑް ބީފް
  • 1 ސައިސަމްސާ ތައިމް
  • ޕީސް، ކޯން
  • 2 މޭޒުމަތީ ސަމްސާ ފުށް
  • 2/3 ޖޯޑު ޗިކަން ބްރޮތު
  • 1 މޭޒުމަތީ ސަމްސާ ޕާސްލީ (ގާނިޝްއަށް)

ތައްޔާރުކުރާނެ ގޮތް

އަވަން 400 ޑިގްރީސްގައި ޕްރީހީޓްކުރަން ޖައްސާށެވެ. އެއަށްފަހު، ގާތްގަނޑަކަށް 16 މިނިޓާއި-18 މިނިޓާއި ދެމެދު އަލުވި ފެނުކެއްކުމަށްފަހު، ފުރާނާލައި އަދި މޭޝްކޮށްލާށެވެ. އަދި އެއަށް ކިރާއި، މެލްޓެޑް ބަޓަރާއި، ސަވާރ ކްރީމް އެޅުމަށްފަހު ލޮނާއި އަސޭމިރުހުން ސީޒަން ކޮށްލުމަށްފަހު ބަހައްޓާށެވެ.

ތެޔޮ ހޫނުކުރުމަށްފަހު، ފިޔާ އަދި ކެރެޓާއި ލޮނުމެދު އަދި ތައިމް އެއްކޮށް އަޅައި 5 މިނިޓެއްހާއިރު ކައްކާލާށެވެ. އެއަށްފަހު ބީފް އަޅާ، އޭގައި ހުންނަ ފިޔާތޮށިކުލަ އެއްކޮށް ކެނޑެންދެން ކައްކާލާށެވެ. އެއަށްފަހު ޕީސްއާއި ކޯން އަޅާ ލޮނާއި އަސޭމިރުސް ބެނުންކޮށްގެން ސީޒަންކޮށްލުމަށްފަހު ރަނގަޅަށް ކައްކާލާށެވެ.

އެއަށްފަހު، ބީފްގެ ތެެރެއަށް ފުށްކޮޅެއް އެޅުމަށްފަހު ރަނގަޅަށް މިކްސްކޮށްލާ ދެން ޗިކަން ބްރޮތު އަޅާލާށެވެ. އެއަށްފަހު ފެންގަނޑު އެއްކޮށް ހިދެންދެން ކައްކާލާށެވެ. ދެން، އޭގެ މައްޗަށް މޭޝްޑް ޕޮޓޭޓޯ އެޅުމަށްފަހު، 20 ވަރަކަށް މިނިޓު އަވަނުގައި ފިހެލާށެވެ. އަދި ސާރވްކުރުމުގެ ކުރިން މައްޗަށް ޕާސްލީ ކޮޅެއް އަޅާލާށެވެ.

comment ކޮމެންޓް