ދައުލަތުން ބަލަހައްޓާ ކުދިން ބަދުނާމު ވާގޮތަށް ވާހަކަ ނުދައްކަން ގޮވާލައިފި

ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފު -- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަދުނާމުވާ ގޮތަށް ވާހަކަ ނުދެއްކުމަށް ޖެންޑަ މިނިސްޓްރީއިން ގޮވާލައިފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި، ކުޑަކުދިންގެ ހިޔާގައި ހުރި 13 އަހަރުގެ ކުއްޖެއް ބަނޑުބޮޑުވީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝިއަލް މީޑިއާގައި ވަނީ އެވާހަކަ ދައްކާފަ އެވެ. ޖެންޑާ މިނިސްޓްރީއިން ބުނީ ހިޔާގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 13 އަހަރުގެ ކުޑަކުއްޖަކު ބަލިވެއިންކަމަށް ބުނެ ފަތުރަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

"ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 13 އަހަރުގެ ކުޑަކުއްޖަކު ބަލިވެއިންކަމަށް ބުނެ ފަތުރަނީ ހަގީގަތާއި ހިލާފު ހަބަރެއް." ޖެންޑަ މިނިސްޓްރީއިން ބުންޏެވެ.

އޭގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަދުނާމުކޮށް، އެ ފަދަ ހަބަރުތައް ފަތުރާ ފަރާތްތަކުން އެ ހިންގާ އަމަލު ޖެންޑަ މިނިސްޓްރީއިން ވަނީ ހަރުކަށި އިބާރާތުން ކުއްވެރި ކޮށްފަ އެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް ވަނީ ގޮވާލާފަ އެވެ.

ހިޔާގައި ދިރިއުޅޭ 13 އަހަރުގެ ކުއްޖަކު ދައުލަތުން ބަލަހައްޓަމުން ދަނިކޮށް ބަނޑުބޮޑުވީ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ފުލުހުންވެސް ބުނެފައިވަނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

comment ކޮމެންޓް