ރައީސް ނަޝީދާއެކު މަޖިލީހުގެ މެމްބަރުން ދިއްލީ ބާޒާރުގައި "ޗާއި" ބޮއެ، ދުފަނީ

ރައީސް ނަޝީދަށް ސައި އަރުވަނީ --

ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ މެމްބަރުންނާއެކު އިންޑީއާގެ ވެރިރަށް ނިއު ދިއްލީގެ އާންމު ބާޒާރަށް، ސައި ބެއްލެވުމަށް "ޗާއީ" ބޯން ވަޑައިގެންފި އެވެ.

އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލިޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޓްވީޓާއަށް މިއަދު ދޫކޮށްލެއްވި، ވީޑިއޯގައި ފެންނަނީ ދިއްލީގެ ބާޒާރުމަތީ ސަރަހައްދަށް އެބޭފުޅުން ސައި ބެއްލެވުމަށް ވަޑައިގެން އުޅުއްވާ މަންޒަރެވެ.

ވީޑީއޯގައި ރައީސް ނަޝީދު ވާހަކަ ދައްކަވާ އަޑު އިވެ އެވެ. ރައީސް ނަޝީދު ވިދާޅުވީ، މިސްކިތުން ފައިބައިގެ މިހާރު މި އައީ ސައި ބެއްލެވުމަށް ކަމަށެވެ.

"ސައިތައްޓެއް ބޯލުމަށް އަޅުގަނޑު މި ތައްޔާރު މިވަނީ. ޖޯޑުތައް އެ ވަނީ ވަރަށް ރަނގަޅަށް ދެވެލާފައި. ސައި ރަނގަޅަށް ކެކިލަންދެން އަޅުގަނޑުމެން މި މަޑުކޮށްލަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެއަށްފަހު، އެ ބޭފުޅުނަށް ސައި ތަށިތައް ދޭތަން ވީޑިއޯއިން ފެނެ އެވެ.

މެމްބަރުން ސައި ބައްލަވާ އިތުރު ވީޑިއޯއެއް އެ ވަފުދުގައި ހިމެނެ ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބްވެސް ޓްވީޓް ކުރެއްވި އެވެ. މެންބަރު އިލްޔާސް ލަބީބު އެ ޓްވީޓްގައި ވިދާޅުވި ގޮތުގައި އެބޭފުޅުން، ހިތްޕެވި، "ޗާއީ" ވަރަށް މީރެވެ.

ދިއްލީގެ ސިޓީ ޓްއާގެ މަޖާ ވާހަކަތައް އިތުރަށް ހާމަކުރައްވަމުން މެންބަރު އިލްޔާސް ވިދާޅުވީ، ސަޔަށްފަހު ދެން އަޖުމަ ބެއްލެވީ، މީރު ބިލެތްގަނޑެކެވެ. އިންޑިއާ ބަހުން ނަމަ، "ޕާން" އެވެ.

މިވަގުތު ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި ތިއްނބެވި މަޖިލިސްގެ މެންބަރުން، އެ މަޖިލީހުގެ ރައީސްއާ އެކު އިންޑިއާ އަށް ކުރައްވަމުން ގެންދަވަނީ ރަސްމީ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، "ލޮކް ޝަބާ"އާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި އިންޑިއާގެ ހާއްސަ ތަންތަނަށް ޒިޔާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް