އައްޑޫގައި ފްލައިން ސްކޫލް ހިންގައިދޭނެ ބަޔަކު ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރި ބޯޓުތަކެއް--ފޮޓޯ: އޭއޭއޭ

އައްޑޫ ސިޓީ ގަމުގައި ހުންނަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)ގައި ފްލައިން ސްކޫލެއް ހިންގައިދޭނެ ބަަޔަކު ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

މިއީ ފްލައިން ސްކޫލެއް ހިންގަން މި އަހަރު އިއުލާންކުރި ތިން ވަނަ ފަހަރެވެ.

އެންމެ ފަހުން ފްލައިން ސްކޫލް ހިންގަން އިއުލާންކުރީ މިދިޔަ ޖުލައި މަހު އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމާ ހަވާލުވެ ހުންނެވި އެކްޓިންގް މެނޭޖިންގް ޑިރެކްޓަރު ރިމްނާ ހަސަން "ސަން" އަށް ވިދާޅުވީ އެންމެ ފަހުން ފްލައިން ސްކޫލް ހިންގަން ހުޅުވާލުމުން އަށް ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށާއި އަދި ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅި ކަމަށެވެ. ނަމަވެސް އަލުން އެ ޕްރޮޕޯސަލްތައް ބާތިލުކޮށް އިއުލާން ކުރީ ކުރިއަށް ވުރެ "ވައިޑާ އޯޑިއަންސް" އަކަށް ޓާގެޓްކުރުމުގެ ގޮތުން ކަމަށް ރިމްނާ ވިދާޅުވި އެވެ.

އޭއައިއޭއިން އަލުން ކުރި އިއުލާންގެ ދަށުން އަލަށް ހުޅުވާލި ފުރުސަތާ ގުޅިގެން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ރިމްނާ ވިދާޅުވީ ފްލައިން ސްކޫލް ހިންގައިދޭނެ ބަޔަކު ހޯދަން ބޭރުގެ ބޭރުގެ މަޖައްލާއެއްގައި ވެސް އިޝްތިހާރު މިހާރު ޖަހައިފަިއވާ ކަމަށެވެ.

އައްޑޫގައިި ކުރިން ފްލައިން ސްކޫލް ހިންގީ ސްރީ ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިންއެވެ. ނަމަވެސް އެތަނުގައި ފްލައިންސް ސްކޫލް ހިންގުމުގެ އެގްރިމަންޓް ހަމަވަމުން އެތަނުގެ ކުލި ބޮޑުކުރަން އުފެދުނު ހިޔާލުތަފާތުތަކެއް އުފެދި އެ ސްކޫލްގައި ފްލައިން ސްކޫލް ހިންގުން ވަނީ ހުއްޓާލައިފަ އެވެ.

އައްޑޫގައި އޭއޭއޭ އިން ފްލައިން ސްކޫލު ހިންގުން ހުއްޓާލަން ނިންމި އިރު އެ އެކެޑަމީ ސްކޫލް މާފަރު އެއާޕޯޓްއަށް ބަދަލުކުރުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް