ޖޮއިންޓް ކޮމިޝަން ބައްދަލުވުމަށް ޝާހިދު އިންޑިއާއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ނިއު ދިއްލީގައި --- ފޮޓޯ/ފޮރިން މިނިސްޓްރީ

ހަވަނަ އިންޑިއާ - މޯލްޑިވްސް ޖޮއިންޓް ކޮމިޝަން މީޓިން (ޖޭސީއެމް) ގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ވަޑައިގެންފި އެވެ.

މިނިސްޓަރު ޝާހިދަށް އިންޑިއާގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިންޑިއާ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އަމިތު ނާރަންގް އެވެ.

ޖޭސީއެމްގެ ހަވަނަ ބައްދަލުވުން އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ރާއްޖެއާ އާއި އިންޑިއާ އާދެމެދެ ޖޮއިންޓް ކޮމިޝަނެއް އުފައްދާފައި ވަނީ 1986 ވަނަ އަހަރު އިގްތިސާދީ ގޮތުންނާއި ފަންނީ ގޮތުން އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމަށް ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

މި ކޮމިޝަންގެ މަގްސަދަކީ ހުރިހާ ދާއިރާއަކުން ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމެވެ. އެންމެ ފަހުން ދެ ގައުމުގެ ޖޮއިންޓް ބައްދަލުވުމެއް ބާއްވާފައި ވަނީ 2015 ވަނަ އަހަރު މާލޭގައެވެ.

comment ކޮމެންޓް