"ޗަޕާކް"ގެ ޓްރެއިލާ ދައްކާލައިފި

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމާވަތު"ގެ ކާމިޔާބަށް ފަހު ދީޕިކާ ޕަދުކޯން ސްކްރީނުން ފެނިގެންދާ ފިލްމު ޗަޕާކްގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އެ ފިލްމަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ. އެ ފިލްމުގެ ފަސްޓް ލުކްގެ ޕޯސްޓަރުގައި ދީޕިކާ ފެނިގެންދަނީ ވެސް ތަފާތުކޮށެވެ. އެސިޑުގެ ހަމަލާއަކަށް ދީޕިކާވެފައިވާ މަންޒަރު ފިލްމުގެ ޕޯސްޓަރުން ފެނެއެވެ.

ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާ އިރު އެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެސިޑުގެ ޝިކާރައަކަށްވެފައިވާ ދީޕިކާ ދުނިޔެ އާ ކުރިމަތިލާ ގޮތް ވަރަށް ރަނގަޅަށް ޓްރެއިލާއިން ހާމަވި އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ނެރޭ އެ ފިލްމު އެންމެ ކާމިޔާބު ފިލްމަށްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ދީޕިކާ އާއެކު ފިލްމުގައި ފެނިގެންދާނީ ވިކްރަންތު މެކްސޭ އެވެ. ވިކްރަންތު އެފިލްމުގައި ފެނިގެންދާނީ ލަކްޝްމީގެ ފިރިމީހާ އަލޯކް ޑިކްސިތުގެ ރޯލުންނެވެ.

ލަކްޝްމީ އެސިޑްގެ ޝިކާރައަކަށްވީ އުމުރުން އެންމެ 15 އަހަރުގަ އެވެ. މިހާރު އޭނާ އަކީ އެސިޑު ހަމަލާތައް ހުއްޓުވުމަށް ތަފާތު ކެމްޕެއިންތައް ހިންގަމުން އަންނަ މީހެކެވެ.

comment ކޮމެންޓް