ކަޕިލް ޝަރްމާ އަށް ދަރިއަކު ލިބިއްޖެ

މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ އަށް އަންހެން ކުއްޖެއް ލިބިއްޖެ އެވެ.

ކަޕިލް ބައްޕަ އަކަށްވީކަން އޭނާ ވަނީ ޓުވިޓާ މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. މިއީ ކަޕިލްގެ ފުރަތަމަ ދަރިފުޅެވެ.

ކަޕިލް އާއި އޭނާގެ އަންހެނުން ގިންނީ ޗަޓްރަތާ ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 12 ގަ އެވެ. އެދެމީހުންގެ ކައިވެނި ކުރެވުނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވީފަހުންނެވެ. ކަޕިލް އާއި ގިނީ ރަސްމީކޮށް އެންގޭޖްވީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

ކަޕިލްގެ ޝޯ ދަ ކަޕިލް ޝަރްމާ ސޮނީ ޓީވީ އިން ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހު ދައްކަ އެވެ.

comment ކޮމެންޓް