ސްޓާ ސްކްރީން އެވޯޑް: އެންމެ ގިނަ އެވޯޑްތައް ނެގީ ގަލީ ބޯއީ!

ސްޓާ ސްކްރީން އެވޯޑްސްގެ އެންމެ ވަރުގަދަ ކެޓަގަރީތަކުން "ގަލީ ބޯއި" އެވޯޑްތައް އުފުލާލައިފިއެވެ.

ޖުމްލަ 11 ކެޓަގަރީއަކުން ގަލީ ބޯއީ އެވޯޑްތައް އުފުލާލިއިރު އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެ ފިލްމަށއ ވަނީ ބެސްޓް ފިލްމު ޕޮޕިއުލާ، ބެސްޓް އެކްޓަރު ޕޮޕިއުލާ (ރަންވީރު ސިންގް)، ބެސްޓް އެކްޓްރެސް ޕޮޕިއުލާ (އާލިއާ ބަޓް)، ބެސްޓް ޑައިރެކްޓަރު ޕޮޕިއުލާ (ޒޯޔާ އަޚްތަރު)، މޯސްޓް ޕްރޮމިޒިން އެކްޓަރު (ސިދާންތު ޗަތުރަވެދީ)، ބެސްޓް މިއުޒިކް (ފިލްމު ކަބީރު ސިންގްއާ ހިއްސާކުރާ ގޮތަށް)، އެންމެ މޮޅު ޅެން (އަޕްނާ ޓައިމް އާއެގާ)، ބެސްޓް ޑައިލޮގް، ބެސްޓް ސިނަމޮޓޯގްރަފީ، ބެސްޓް ކޮސްޓިއުމް އަދި ބެސްޓް ޕްރޮޑަކްޝަން ހައުސްގެ އެވޯޑް ލިބިފައެވެ.

ގަލީ ބޯއީ'ގައި ރަންވީރު ފެނިގެންދާނީ 'މުރާދު' ކިޔާ އިންޑިއާގެ މުމްބާއީގެ ސްލަމް އަށް ނިސްބަތްވާ ރެޕާ އެއްގެ ރޯލުންނެވެ. އެ ފިލްމަކީ އިންޑިއާގެ އަންޑަގުރައުންޑް ރެ ރެޕް އާޓިސްޓުން ކަމުގައިވާ ޑިވައިން އަދި ނޭޒީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދައިފައިވާ ފިލްމެކެވެ.

ސްޓާ ސްކްރީން އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުނީ ތަޖުރިބާކާރު އެކްޓަރު ޕްރޭމް ޗޯޕްޅާ 84، އަށެވެ.

comment ކޮމެންޓް