ގާނޫނާ ހިލާފުވި ބިދޭސީއެއް ހޯދަން އިއުލާނުކޮށްފި

އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން، މޯލްޑިވްސް އިމިގްރޭޝަނުން ހޯދަމުންދާ، ބަންގްލަދޭޝަށް ނިސްބަތްވާ 37 އަހަރުގެ މުހައްމަދު އިގުބާލް ހުސައިން -- ފޮޓޯ/ އިމިގްރޭޝަން

އިމިގްރޭޝަން ގާނޫނާ ހިލާފުވި، ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީއަކު ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އިމިގްރޭޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެގެން ބިދޭސީއަކު ހޯދަން އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އިމިގްރޭޝަނުން ހޯދަމުން ދަނީ ބަންގްލަދޭޝަށް ނިސްބަތްވާ، އުމުރުން 37 އަހަރުގެ މުހައްމަދު އިގުބާލް ހުސައިން ކިޔާ ބިދޭސީއެކެވެ. އަދި އޭނާގެ ފޮޓޯވެސް ވަނީ އާންމުކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ ހޯދަން އިއުލާނުކޮށްފައިވާ މީހާއާ ބެހޭ މައުލޫމާތު ހިއްސާކުރާ ފަރާތްތަކުން ފޯރުކުރާ މައުލޫމަތުގެ ސިއްރު ހިފަހައްޓާނެ ކަމަށެވެ.

އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް، ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ [email protected] އާ މައުލޫމާތު ހިއްސާކުރުމަށް އެދިފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ބިދޭސީން މާލޭގައި ގަވައިދާ ހިލާފަށް ހިންގާ ދެ "ގެސްޓްހައުސެއް" ރެއިޑްކޮށް، އެތަންތަން ހިންގުމުގައި އިސްކޮށް އުޅުނު ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.

http://www.sun.mv/128188

އޭގެ ތެރެއިން އެއް "ގެސްޓްހައުސް"ގައި 100 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދިޔަ ކަމަށާއި އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 100 އަށް ވުރެ ގިނަ މީހުން އެތަނުން ފާހަގަވި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އަދި ދެވަނައަށް ރެއިޑްކުރި "ގެސްޓްހައުސް"އިން ވޯކް ވިސާ ނެތި އުޅޭ 71 ބިދޭސީއަކު ފެނުނުކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި ދެ ތަނާވެސް ގުޅުންހުރި ދިވެހިން ހޯދައި، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ އިރު، ސަރުކާރުން ވަނީ އެމީހުން ގަވައިދުގެ ތެރެއަށް ފެއްތުމަށްޓަކައި ރީރެގިއުލަރައިޒޭޝަން ޕްރޮގްރާމެއްވެސް ފަށާފައެވެ.

http://www.sun.mv/128436

ރީރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ރެޖިސްޓްރީވާން މިހާތަނަށް 14،000 އަށް ވުރެ ގިނަ ބިދޭސީންނަށް އެޕޮއިންޓްމަންޓް ދޫކޮށްފައިވާ އިރު، އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މީގެ ތެރެއިން 90 ޕަސަންޓު މީހުންގެ އަތުގައި ޕާސްޕޯޓެއް ނެތްކަމަށެވެ.

comment ކޮމެންޓް