ގޯލްޑެން ގްލޯބްސްގެ އެންމެ ގިނަ ނޯމިނޭޝަން ނެޓްފްލިކްސް އަށް

ނެޓްފްލިކްސްގެ މެރިޖް ސްޓޯރީ އާއި އައިރިޝްމޭން ފަދަ ފިލްމުތަކަކީ އެންމެ ބޮޑެތި ނޯމިނޭޝަންތައް ހޯދާފައިވާ ފިލްމުތައް ---

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑެން ގްލޯބްސް އެވޯޑުގެ ފިލްމުތަކާއި ޓީވީގެ އެވޯޑުތަކުގެ ނޯމިނޭޝަން ރޭހުގެ އެންމެ ކުރިއަށް އެމެރިކާގެ ސްޓްރީމިން ސާވިސް ނެޓްފްލިިކްސް އަރައިފި އެވެ.

މިފަހަރަކީ ނެޓްފްލިކްސްއަށް ގޯލްޑެން ގްލޯބްސްގައި ވަރަށް ކާމިޔާބު އަހަރެކެވެ. ނެޓްފްލިކްސް އާއި ހުލޫ އަދި އެމެޒަން ޕްރައިމް ފަދަ ސްޓްރީމިން ސާވިސްތައް ޝަރަފުވެރި އެވޯޑުތަކުގައި ހިމެނުމަކީ މިހާރު އާ ކަމެއް ނޫނެވެ.

ގޯލްޑެން ގްލޯބްސްގެ ޓީވީ އެވޯޑުތަކުން ނެޓްފްލިކްސްގެ އުފެއްދުންތަކަށް ޖުމްލަ 17 އެވޯޑަކަށް ވަނީ ނޯމިނޭޓް ވެފައެވެ. ނެޓްފްލިކްސްގެ ޝޯތައް ކަމަށްވާ "ދަ ކްރައުން" އާއި "ދަ ޕޮލިޓީޝަން" ފަދަ ޝޯތަކާއެކު ނެޓްފްލިކްސް ވަނީ މިއަހަރު ބޮޑެތި އެވޯޑުތަކަށް ނޯމިނޭޓްވެފައެވެ.

ފިލްމުތަކުގެ ނޯމިނޭޝަންގައިވެސް އެންމެ ކުރީގައި އުޅެނީ ނެޓްފްލިކްސްއެވެ. ނެޓްފްލިކްސް އަށް ގޯލްޑެން ގްލޯބްސްގައި ފިލްމުތަކުގެ ދާއިރާއިން 17 ނޯމިނޭޝަނެއް ވަނީ ނެޓްފްލިކްސް އަށް ލިބިފައެވެ. "އައިރިޝްމޭން" އާއި "މެރިޖް ސްޓޯރީ" ފަދަ ވަރުގަދަ ފިލްމުތައް ނެޓްފްލިކްސް އިން މިއަހަރު ގޯލްޑެން ގްލޯބްސްގެ ނޯމިނޭޝަންގެ އެންމެ ކުރީގައި އޮތުމުގެ އަސްލެވެ.

އަންނަ އަހަރުގެ ގޯލްޑެން ގްލޯބްސް އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ ހައެއްގައެވެ.

comment ކޮމެންޓް