ހ. ހާޖަރާގެ ތަޅާލުމުގެ މަސައްކަތް ފަށައިފި

ހ. ހާޖަރާގެ ތަޅާލުމުގެ މަސައްކަތް ކުރަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ބާވެ ހަލާކުވަމުންދިޔަ ހ. ހާޖަރާގެ ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މީގެ ކުރިން ހައުސިން އެންޑް އާބަން އާބަން ޑިވެލޮޕްމަންޓު މިނިސްޓްރީން ތަޅާލަން ނިންމި މާލޭގެ 11 ގޭގެ ތެރޭގައި ހިމެނޭ ހާޖަރާގެ ތަޅާލުމުގެ މަސައްކަތް ކުރަމުންދަނީ، ޔުނި އިންޖިިނިއާސް ކިޔާ ކުންފުންޏަކުންނެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝާމިން މިއަދު "ސަން"އަށް ވިދާޅުވީ، މި ހަފްތާގެ ނިޔަލަށް އެ މަސައްކަތް ނިމެނޭ ކަމަށެވެ. އަދި އެހެން ގެތައް ތަޅާލުމުގެ މަސައްކަތްވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހާޖަރާގެ ތަޅާލުމުގެ މަސައްކަތް ކުރިއަށް ދަނީ: އިތުރު 10 ގެއެއް ތަޅާލުމަށް ވަނީ ނިންމާފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ޝާމިން ވިދާޅުވީ، ތަޅާލަން ނިންމި 11 ގެޔަކީވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއްގެ ދަށުން ބަދަލު ދިނުމަށްފަހު ސަރުކާރަށް ނަގާފައިވާ ބިންތަކެއް ކަމަށެވެ. ނަމަވެސް އެ ބިންތަކާމެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމާކަމަށް އޭނާ ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން 11 ގެއެއް ތަޅާލުމުގެ މަސައްކަތްކުރުމަށް ބަޔަކު ހޯދުމަށް އިއުލާނުކުރީ މިދިޔަ އޮކްޓޯބަރު މަހު ދެވަނަ ދުވަހުއެވެ.

ތަޅާލަން ނިންމި އިތުރު 10 ގެ:

 • ހ. ލޮބީ
 • ހ. ތަންބީ
 • ހ. އަސްފަރު
 • މ. އާޝިޔާމަންޒިލް
 • މ. ބުރަދަމާގެ
 • މ. ކައުސަރް
 • މއ. އެވާގްލޯރީ
 • މއ. ކަނބާލިފަރު
 • ހ. ހާޖަރާގެ
 • ހ. ރުއްދޮށިގެ
 • މ. ރަބީއުވިލާ
comment ކޮމެންޓް