މަޖިލިސް ދެމި އޮންނާނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގައި: ރައީސް ނަޝީދު

މަޖިލީހުގެ ރައީސް: މަޖިލިސް ދެމިއޮންނާނީ ރައްޔިތުން ހައްގުތައް ކަށަވަރުކުރުމުގައި ކަން ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ގާނޫނު ދެމެހެއްޓުމާއި ރައްޔިތުންގެ ހައްގުތަށް ހައްގުތަށް ހިމާޔަތް ކުރާނެ ކަމުގައި ޔަގީންކަން ދެއްވާކަމަށް އެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ގާނުގެ ވެރިކަން ދަމައްހައްޓާ، ރައްޔިތުންގެ ހައްގުތަ ހިމާޔަތް ކުރާނެ މައި އިދާރާ ކަމަށެވެ.

"މަޖިލިސް އޮންނާނީ އަދި ކަށަވަރުކޮށް ދަމަހައްޓާނީ، ރާއްޖޭގެ ގާނޫނުތަކާއި ރައްޔިތުންގެ ހައްގުތަށް،" ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ރައީސް ނަޝީދު ލީޑް ކުރައްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ، އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތައް ބެލުމަށް ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ނަމުގައި ހާއްސަ ކޮމިޓީއެއް އެކުލަވާލާފަ އެވެ. އެ ކޮމިޓީން ވަނީ އިންސާނީ ހައްގުތަކާ ގުޅޭ ގިނަ މައްސަލަތައް ބަލައި، އެކަންތައްތަކުގެ ހަގީގަތްތައް ހާމަކޮށްފަ އެވެ.

comment ކޮމެންޓް