ބޮޑެތި ޑިސްކައުންޓްތަކާއެކު އެމްޓީސީސީ "ކަށަވަރު" ޕްރޮމޯޝަން ފަށައިފި

އެމްޓީސީސީ ކަށަވަރު ޝޯރޫމް-- ފޮޓޯ/އެމްޓީސީސީ

ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ އެމްޓީސީސީގެ ކަށަވަރު ޕްރޮމޯޝަން ފަށައިފި އެވެ.

އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައި އެ ޕްރޮމޯޝަން ފަށްޓަވައިދެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީ އެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީ، ކަށަވަރު ޕްރޮމޯޝަން ފައްޓަވައިދެއްވަނީ-- ފޮޓޯ/ އެމްޓީސީސީ

ޕްރޮމޯޝަނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕްރޮޑަކްޓް އޮފިސަރު ސާމިހު ޝެހެނާޒް ވިދާޅުވީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ޕްރޮމޯޝަންގައި ވެސް އެމްޓީސީސީ ކަށަވަރުން ވިއްކާ ޕްރޮޑަކްޓުތަކުން ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

"މިއަހަރުގެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދު (ޑިސެމްބަރު 10) އިން ފެށިގެން ޖެނުއަރީ 10 ވަނަ ދުވަހާ ހަމައަށް. މި ޕްރޮމޯޝަންގައި ޔަންމާ 115 ހޯސްޕަވަރުގެ އިންޖީނާއި ސުޒުކީ އިންޖީނުގެ އިތުރުން ސުޒުކީ އަދި ޔަންމާ ސްޕެއާ ޕާޓްސްއާއި އިންޑަސްޓްރިއަލް ގޭހުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެ." ސާމިހު ވިދާޅުވި އެވެ.

ފޮޓޯ/ އެމްޓީސީސީ

މި ޕްރޮމޯޝަންގެ ތެރެއިން ހުށަހަޅާފައިވާ ޑިސްކައުންޓް ލިބޭނީ އެއްފަހަރާ ފައިސާ ދައްކައިގެން މުދާ ގަންނަ ކަސްޓަމަރުންނަށް އެކަނި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެ ޕްރޮމޯޝަންގެ ހަރަކާތްތައް އެމްޓީސީސީ ކަށަވަރު ޝޯރޫމްގެ އިތުރުން މާލޭ ނޯތް ހާބަރުގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.

comment ކޮމެންޓް