މަނީ ހެއިސްޓް އެނބުރި އަންނަނީ އޭޕްރިލް 3 ގައި!

ދިވެހިންގެ މެދުގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މަނީ ހެެއިސްޓްގެ ހަތަރު ވަނަ ސީޒަން ނުކުންނާނެ ދުވަސް ކަށަވަރުވެއްޖެ އެވެ.

ނެޓްފްލިކްސްގެ ސީރީޒް މަނީ ހެއިސްޓްގެ ހަތަރު ވަނަ ސީޒަން ނުކުންނާނީ އަންނަ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހު ކަމަށް ނެޓްފްލިކްސްއިން ބުނެެއެވެ. މިހާރު އެ ސީރީޒް ނުކުންނާނެ ތާރީހް ނެޓްފްލިކްސް އިން ވަނީ އާންމުކޮށްފައެވެ.

މަނީ ހެއިސްޓް 34 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

ތިންވަނަ ސީޒަން ނިމުނުއިރު ނައިރޯބީ މަރަށް ތެޅޭތަން ފެނިގެންދިޔަ އެވެ. އޭނާ މަރުވިތޯ ނުވިތޯ ވެސް އެނގޭނީ ހަތަރު ވަނަ ސީޒަނުންނެވެ. އެއާއެކު ރަކޭލް އަށް ވީގޮތް ވެސް އެނގޭނީ އެ ސީޒަން ފެށީމަ އެވެ.
ބެލެވޭ ގޮތުގައި މި ސީޒަނަކީ އެ ސީރީޒްގެ އެންމެ ފަހު ސީޒަނެވެ.

comment ކޮމެންޓް