މުދާ ބަރުކުރަނިކޮށް އަރިއަޅާލި ބޯޓް އަދިވެސް ތެދު ނުކުރެވޭ

ހުޅުމާލެ ޖެޓީގައި މުދާ ބަރުކުރަމުން ދިޔަ "އަމީން ކެރިއާ 2" އަރިއަޅާލައިފައި --- ފޮޓޯ/އެމްއެންޑީއެފް

ހުޅުމާލެ ޖެޓީގައި މުދާ ބަރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ރޭ އަރިއަޅާލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އަރިއަޅާލާފައި ވަނީ "އަމީން ކެރިއާ 2" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ކަމަށެވެ.

އެ އުޅަނދު އަރިއަޅާލައި ދިޔަވާކަމުގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައި ވަނީ ރޭ ދަންވަރު 12:32 ހާއިރު އެވެ.

އުޅަނދު ދިޔަވާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން އަންނަނީ ރެއިން ފެށިގެން ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ އަދިވެސް ދިޔަވަމުން ކޮންޓްރޯލް ނުކުރެވޭ ކަމަށާއި، އުޅަނދު ބެލެންސް ނުކުރެވޭ ކަމަށެވެ. އެހެންކަމުން ޕަމްޕް ބޭނުންކޮށްގެން ދިޔަ ހިއްކުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް