އޭސް ހާޑްވެއާގެ އަހަރީ ޕްރޮމޯޝަނުގައި 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ އަށްވަނަ އަހަރީ އާއި ދިމާކޮށް 90 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައި ---

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ އަށް ވަނަ އަހަރީ ދުވަހާ ދިމާކޮށް 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިމަހުގެ އެކަކުން 31 އަށް ކުރިއަށްގެންދާ މި ޕްރޮމޮޝަން އޭސް ހާޑްވެއާގެ މާފަންނު އަދި ހެންވޭރު ފިހާރާގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އެތަނުން ބުންޏެވެ.

މި ޕްރޮމޯޝަނުގެ ދަށުން 300 ރުފިޔާ އިން ފެށިގެން މަތީގެ ޢަދަދަކަށް ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކުއަލަ ލަމްޕޫރް، ބާލީ، ބެންގްކޮކް ނޫނީ ދުބާއި އަށް ދިޔުމުގެ ފުރުސަތު ތިން ދުވަހުގެ ހުރުމާއި ޓިކެޓް ދެ މީހަކަށްދެ އެވެ.

މި ޕްރޮމޯޝަންގައި 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނީ ގޭތެރޭ ބޭނުންކުރާ ސާމާނާއި، ހާޑްވެއާ ސާމާނު، ސްކޫލް ކުދިން އަށް ބޭނުންވާ ސާމާނު އަދި ގާޑްނިންގް އާއި ބާބަކިޔު ސާމާނުން ކަމަށް އޭސް އިން ބުންޏެވެ.

މީގެ އިތުރުން އޭސް ހާޑްވެއާ އިން ވަނީ އެފިހާރައިގެ އަށް ވަނަ އަހަރީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ހަރަކާތެއް ފަށައިފި އެވެ. އެގޮތުން ނަސީބުވެރި ފަރާތަކަށް 8000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭ ހަރަކާތެއް މިހާރު ވަނީ ފަށައިފަ އެވެ.

އޭސް ހާޑްވެއާ ރާއްޖެއަށް ތައާރަފުކޮށްފައި ވަނީ މީގެ ހަތް އަހަރު ކުރިން، 2011 ޑިސެމްބަރު 15 ވަނަ ދުވަހު އެވެ. އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަރނޭޝަނަލްއާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެދަށުން ފެށި މި ވިޔަފާރީގެ ދަށުން އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވާފައި ވަނީ 20 ޑިސެމްބަރު 2011 ގަ އެވެ. އަދި 19 ޑިސެމްބަރު 2013ގައި ދެވަނަ ފިހާރައެއް ވެސް ވަނީ ހުޅުވައިފަ އެވެ.

comment ކޮމެންޓް