ބީއެމްއެލް އިން އާކް އަށް 60،000 ރުފިޔާ ހަދިޔާ ކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން އާކް އަށް 60،000 ރުފިޔާ ހަދިޔާކުރުން -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން އާކް އަށް 60،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

އާކް އަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ އެކެވެ. ބޭންކުގެ މުވައްޒަފުންނާއި މޭންކުގެ ނަމުގައި ހަދިޔާ ކުރި މި ފައިސާ ރަމްޒީގޮތުން އެ ޖަމްއިއްޔާ އާއި ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއީ ޓިމް ސޯޔާ އެވެ.

ބޭންކުން ހަދިޔާ ކުރި ފައިސާގެ އެހީ ބޭނުންކުރާނީ އާކް އިން ކުރިއަށްގެންދާ އެކި ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމަށެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް ވިދާޅުވީ ބޭންކުން އާކް އަށް ދިން އެހީ އަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެ ޖަމްއިއްޔާ އިން ކުރާ މަސައްކަތްތައް ފުޅާކުރުމަށް ދިން އެހީ އެއް ކަމަށެވެ. ބީއެމްއެލް އިން މީގެ ކުރިންވެސް ވަނީ އާކް އިން ހިންގާ އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި ބީއެމްއެލް އިން ވަނީ އާކް އާ ގުޅިގެން ބުލީކުރުން ހުއްޓުވުމަށް މުޖުތަމައު އިތުރަށް ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގައި ކުރިޔަށް ގެންދާ "ބީޓް ބުލީން" ޕްރޮގްރާމަށް ފައިސާ ހަދިޔާކޮށްފައެވެ.ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެމިއަހަރު ބޭއްވި ބީއެމްއެލް "ވާއު ކިޑްސް ރަން" އިން ވަނީ ޖުމްލަ 105،250 ރުފިޔާ މި ކެމްޕޭނަށް ހަދިޔާކޮށްފައެވެ.

comment ކޮމެންޓް