އިންކަމް ޓެކްސް: މަގޭ ޖީބަށް އަސަރު ކުރާނެތަ؟

ވަރަށް ގިނަ މީހުން ބުނެ އެވެ؛ އިންކަމް ޓެކްސް ނަގާނީ މަހުޖަނު މީހާގެ އަތުން އެވެ. އެހެން ވީމާ، މަށަށް ކީއްހެއްޔެވެ؟ ތިވާހަކަ ދައްކައި ވަގުތު ބޭކާރު ކުރަން އަހަރެން ބޭނުމެއް ވެސް ނޫނެވެ.

އެކަމަކު ކަމުގެ ހަގީގަތް އޮތީ އަދި ތިޔަ ވިސްނޭ ގޮތަކަށް ނޫނެވެ. އިގްތިސާދެއްގައި ހުރިހާ ކަމެއް ވަނީ އެކަތި އަނެކެއްޗާ ގުޅިލާމެހިފަ އެވެ. އާ ޓެކުހަކާ އެކު އިންފްލޭޝަން، ތަކެތީގެ އަގުތައް އުފުލުމާއި ބާޒާރަށް އޭގެ ހެޔޮ ބަދަލާއި ނުބައި ބަދަލު ފެނުން އެއީ އާންމު ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފަރުދުންގެ އާމްދަނީގެ ޓެކުހުގެ ބިލް ފާސްކޮށް ރައީސްގެ މޭޒުކޮޅަށް ތަސްދީގުކުރަން ފޮނުވާފައި އޮތް އިރު އެ ޓެކުހާ ބެހޭ ގޮތުން އެނގުން ކޮންމެހެން ވެސް މުހިންމެވެ. މަގޭ ޖީބަށް އޭގެން ކުރާނެ އަސަރަކީ ކޮބައި ހެއްޔެވެ؟ އަހަރަކު އެއް ފަހަރު ދައްކަން ޖެހޭ މި އާ ޓެކުހާ ގުޅޭ ގޮތުން މި ކުރު ވީޑިއޯ ބަލައިލާށެވެ.

comment ކޮމެންޓް