ޕްރޮސެކިއުޓާ ޖެނެރަލްކަމަށް ޝަމީމް އައްޔަނުކުރައްވައިފި

ރައީސް ޝަމީމްއަށް ފަތްކޮށްޅު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ޕްރޮސެކުއުޓާ ޖެނެރަލް(ޕީޖ)ގެ މަގާމަށް ހ. ހިޔާކަން ހުސައިން ޝަމީމް އައްޔަންކޮށްފިއެވެ.

ޕީޖީގެ މަގާމް ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި، އައިޝަތު ބިޝާމް މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމަގާމުން އިސްތިފާ ދެއްވުމާ ގުޅިގެންނެވެ.

ޕީޖީގެ މަގާމަށް އިއްޔެ މަޖިލީހުން ރުހުން ދިން، ޝަމީމްއަށް މަގާމުގެ ފަތްކޮޅު އެރުވީ މިއަދު ރައީސް އޮފިޙުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މަޖިލީހުން ޝަމީމް އައްޔަން ކުުރުމަށް ފާސްވީ ވޯޓްގައި ބައިވެރިވި، 74 މެންބަރުންގެ އިއްތިފާގުން އެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ އިންޓަވިއުގައި އޭނާ ވިދާޅުވެފައި ވަނީ، ޕީޖީގެ މަގާމު ލިބުމުން ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް ވަކި މުއްދަތެއް ނެތި ބަންދުކުރާ މައްސަލަ ހައްލެއް ހޯއްދަވާން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޕީޖީ އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ހަފްތާއަކު އެއް ގަޑިއިރު ފޮތްކިޔުމަށް ވެސް ލާޒިމުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އޭނާ އިސްކަން ދެއްވާނެ ދެ ކަންތައް ކަމަށް ވިދާޅުވިއެވެ.

ޝަމީމް ވަނީ، އިނގިރޭސީ ވިލާތުގެ ޔުނިވާސިޓީ އޮފް ސުސެކްސް އިން ކްރިމިނަލް ލޯ އަދި ކްރިމިނަލް ޖަސްޓިސް އިން މާސްޓާސް ހާސިލް ކުރައްވާފައެވެ. އަދި މިސްރުގެ އަޒްހަރު ޔުނިވާސިޓީން އޭނާ ވަނީ، ބެޗްލާސް އޮފް އާޓްސް އިން ޝަރީއާ އެންޑް ލޯ ހާސިލް ކުރައްވާފައެވެ.

އޭނާ ވަނީ މީގެ ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައެވެ. އަދި ގާނޫނުލްއުގޫބާތު އެކުލަވާލުމާއި އެއަށް އާންމުން އަހުލުވެރިކުރުވުމުގެ މަސައްކަތުގައި އޭނާގެ ދައުރު ބޮޑެވެ.

comment ކޮމެންޓް