ކޮކާ ކޯލާގެ ބުޔުންތައް ބޭނުންކޮށްގެން މޮކްޓައިލްގެ މީރު ރަހަ

ކޮކާ ކޯލާގެ އުފެއްދުންތައް ބޭނުންކޮށްގެން މޮކްޓެއިލް އުފެއްދުމަށް ދަސްކޮށްދިނުމަށް ބޭއްވި، "މިކްސްއޮލޮޖީ" އިވެންޓް: ތަފާތު ހަ ބާވަތެއްގެ މޮކްޓައިލް ތައްޔާރު ކުރާނެ ގޮތް ވަނީ ދަސްކޮށްދީފައި -- ފޮޓޯ/ ކޮކާ ކޯލާ-ރާއްޖެ

ކޮކާ ކޯލާއިން އުފައްދާ އެކި ބުޔުންތައް ބޭނުންކޮށްގެން، ތައްޔާރުކޮށްލެވޭ ރަހަ މީރު މޮކްޓެއިލްތަކެއް ރާއްޖެއަށް އެ ކުންފުނިން ތައާރަފްކޮށްފި އެވެ.

ސްރީލަންކާގެ ތަޖުރިބާކާރު މިކްސްއޮލޮޖިސްޓެއް ކަމަށްވާ ސަސަންތާ ރާއްޖެ ގެނެސް، ""މިކްސްއޮލޮޖީ"ގެ ނަމުގައި ކޮކާ ކޯލާ ކުންފުނިން ވަނީ އެ މޮކްޓެއިލްތައް ތައްޔާރު ކުރާނެ ގޮތް ދިވެހި ރެސްޓޯރަންޓްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދަސްކޮށް ދިނުމަށް ހާއްސަ ވޯކްޝޮޕެއް އިއްޔެ ބާއްވައިފަ އެވެ.

ސޯލްޓް ކެފޭގައި ބޭއްވި އެއް ދުވަހުގެ އެ ހަރަކާތް ނިންމާލުމުގެ ގޮތުން، އެ ބުއިންތަކުގެ ރަހަ ވަނީ ދައްކާލައިފަ އެވެ. އެގޮތުން ކޮކާ ކޯލާގެ އުފެއްދުންތައް ކަމަށްވާ، ފެންޓާ، ސްޕްރައިޓް އަދި ކޯލާ ފަދަ ބުއިންތަކާއި އެކި ސިރަޕްތައް އެއްކޮށްގެން ތަފާތު ހަ ރަހައެއްގެ މޮކްޓެއިލް ވަނީ ނެރެފަ އެވެ.

ކޮކާ ކޯލާގެ އުފެއްދުންތައް ބޭނުންކޮށްގެން މޮކްޓެއިލް އުފެއްދުމަށް ދަސްކޮށްދިނުމަށް ބޭއްވި، "މިކްސްއޮލޮޖީ" އިވެންޓް: ތަފާތު ހަ ބާވަތެއްގެ މޮކްޓައިލް ތައްޔާރު ކުރާނެ ގޮތް ވަނީ ދަސްކޮށްދީފައި -- ފޮޓޯ/ ކޮކާ ކޯލާ-ރާއްޖެ

"ކޯލާ، ފެންޓާ، ސްޕްރައިޓް މިއެއްޗިހި އެއްކޮށްގެން މޮކްޓައިލްއެއް ތައްޔާރުކޮށްލީމާ ތަފާތު ރަހަތަކެއް ނިކުމެގެން ދޭ. މިއީ ހަށިގަނޑު ތާޒާކޮށްލާނެ ބުޔުންތަކެއް،" ކޯލާ ކުުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ. "މި ބުޔުންތައް ރެސްޓޯރަންޓްތަކުން ލިބެން ފަށާނެ،"

ކޯކު ކުންފުނި ވެފައި ވަނީ ރާއްޖޭގެ މާކެޓަށް އަބަދުވެސް އާ ބުއިންތަކެއް ނެރެދޭ ކުންފުންޏަކަށެވެ. އަދި އެ ކުންފުނިން އިޖުތިމާއީ އެކި ހަރާކާތްތަކަށް ވެސް އެހީތެރިވަމުން އާދެ އެވެ.

comment ކޮމެންޓް