ބީއެމްއެލްގެ "ހިނގާ މަހަށް" ދަތުރުގައި 300 ކިލޯގެ މަސް ބާނައިފި

މަސްވެރިންގެ ދުވަހާ ދިމާކޮށް "ހިނގާ މަހަށް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ މަސްދަތުރުގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު މިޒްޔާލް

މަސްވެރިންގެ ދުވަހާ ދިމާކޮށް ފިޝަރީޒް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ޒުވާނުންގެ މަސް ދަތުރުގައި 300 ކިލޯގެ މަސް ބާނައިފި އެވެ.

"ހިނގާ މަހަށް"ގެ ނަމުގައި ކުރިއަށްގެންދިޔަ އެ މަސްދަތުރުގައި ދެ ދޯންޏަކަށް ބަހާލައިގެން 35 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

މަސްވެރިންގެ ދުވަހާ ދިމާކޮށް "ހިނގާ މަހަށް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ މަސްދަތުރުގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު މިޒްޔާލް

ހުކުރު ދުވަހު މެންދުރުފަހު ފެށި އެ މަސްދަތުރުގެ ތެރެއިން ދަތުރުގެ ބައިވެރިން ވަނީ މަސްވެރިކަމުގައި ހިމެނޭ ގިނަ ކަންތައްތަކެއް ކޮށް، ތަޖުރިބާކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ކަމެއް ގޮތުގައި ކުރި ކަމަކީ އެން ދެމުމަށްޓަކައި ދާ ހެދުމުގެ މަސައްކަތެވެ.

މަސްވެރިންގެ ދުވަހާ ދިމާކޮށް "ހިނގާ މަހަށް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ މަސްދަތުރުގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު މިޒްޔާލް

ދާ ހެދުމަށްފަހު ދެން ދިޔައީ މާލެ އަތޮޅު ފިހާޅޮހި ކައިރިން ފަރު މަސް ބާނާށެވެ. އަދި ހޮނިހިރު ދުވަހުގެ ފަތިހު އެން ދަމައިގެން ދަތުރުގެ ބައިވެރިން ދެން ދިޔައީ ދޮށީގެ މަސްވެރިކަން ތަޖުރިބާ ކުރުމަށެވެ. ދޮށީގެ މަސްވެރިކަމަށް ދިޔައީ ކ. މާފުށި ކައިރީގައި އޮންނަ ބޮޔަކަށެވެ. އެތަނުން ކުރި މަސްވެރިކަމުން 300-400 ކިލޯގެ މަސް ވަނީ ބެވިފަ އެވެ.

މަސްވެރިންގެ ދުވަހާ ދިމާކޮށް "ހިނގާ މަހަށް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ މަސްދަތުރުގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު މިޒްޔާލް

ދަތުރު ނިންމާލުމަށްފަހު ބައިވެރިން ލެފީ ހޮނިހިރު ދުވަހުގެ މެންދުރު އެވެ. ދަތުރުގެ ބައިވެރިން މާލެއަށް އައުމުން ޖެޓީ ކައިރިން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ދަތުރުގެ ބައިވެރިންނާ ބައްދަލު ކުރައްވާފަ އެވެ.

މަސްވެރިންގެ ދުވަހާ ދިމާކޮށް "ހިނގާ މަހަށް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ މަސްދަތުރުގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު މިޒިޔަލް

މަސްވެރިންގެ ދުވަހާ ދިމާކޮށް ފެށި މަސްދަތުރުގެ އިތުރުން ފިޝަރީޒް މިނިސްޓްރީން އިތުރު ހަރަކާތްތަކެއް ވެސް ވަނީ ރާވާފައެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ދުވަހަކީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

comment ކޮމެންޓް