ދިއްލީގެ ފެކްޓަރީއެއްގައި ރޯވެ، 43 މީހަކު މަރުވެއްޖެ

ދިއްލީގެ ފެކްޓަރީއެއްގައި ރޯވެ، 43 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އިންޑިއާޓުޑޭ

ދިއްލީ (ޑިސެމްބަރު 8): އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ފެކްޓަރީއެއްގައި މިއަދު ރޯވެ، 43 މީހަކު މަރުވެއްޖެ އެވެ.

ދިއްލީގެ ފަޔާ ސާވިސްގެ ޑިރެކްޓަރު އަތުލް ގަރުގް ވިދާޅުވި ގޮތުގައި ފެކްޓަރީގައި އަލިފާން ރޯވިކަމުގެ ރިޕޯޓެއް ފުރަތަމަ ލިބުނީ ފަތިހު 5:22ގަ އެވެ. އަދި އޭގެ ފަހުން އަލިފާން ނިއްވުމަށް 30 އުޅަނދު ވަނީ ފޮނުވާފަ އެވެ.

އަތުލް ވިދާޅުވި ގޮތުގައި އެހާދިސާ ހިނގީ ފެކްޓަރީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މީހުން އެތާ ތެރޭ ނިދަން ތިއްބަ އެވެ. އަދި މިހާތަނަށް 56 މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ދުމުގެ އަސަރު ކުރުމުގެ ސަބަބުން ގިނަ މީހުން ހޭނެތުނު ކަން އަތުލް ފާހަގަ ކުރެއްވި އެވެ.

ފަޔާ ސާވިސްގެ އިތުރު އޮފިޝަލެއް ކަމަށްވާ ސުނިލް ޗޯދުރީ ވިދާޅުވި ގޮތުގައި އެ ފެކްޓަރީގައި ސްކޫލު ދަބަހާއި ފުޅި ފަދަ ތަކެތި ރައްކާކޮށްފައި ހުއްޓެވެ. އަދި މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް