ބޯޓުގެ މައްސަލައިގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ލަފާ ދިނުމަށް ފާސްކޮށްފި

19 ނޮވެމްބަރ 2019: ޖީއެމްއެލް އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރުން -- ސަން ފައިލް ފޮޓޯ/ އަހުމދު އަވްޝަން އިލްޔާސް

ތިލަފުށީ ފަޅުގައި ވެރިއަކު ނެތި އޮތް ބޯޓު، ނައްތާލުމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ކުންފުންޏަކާ ހަވާލު ކުރި މައްސަލަައިގައި އިހުމާލުވި އެންމެންނަށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ނިންމައިފި އެވެ.

މައްސަލަ ބޮޑުވީ ތިލަފުށީ ފަޅުގައި 2012 ވަނަ އަހަރުން ފެށިގެން އަޅާފައި އޮތް "އެމްވީ ސީހޯމް ސަފަޔާ" ބޯޓު އެތަނުން ނެގުމަށް ސިވިލް ކޯޓުން 2017 ވަނަ އަހަރު ކުރި އަމުރާ ގުޅިގެން ޖީއެމްއައިޒެޑްއެލް އިން އެ ބޯޓު ނައްތާލުމަށް، ޕާކްވަން ކިޔާ ކުންފުންޏަކާ ހަވާލު ކުރުމުން އެވެ. ބޯޓު އެ ކުންފުންޏާ ހަވާލުކުރީ، އެ ބޯޓުގެ މިލްކުވެރިކަންވެސް އެކުންފުންޏަށް ލިބޭ ގޮތަަށެވެ.

ބޯޓުގެ މައްސަލަ މަހެއްހާ ދުވަސް ވަންދެން ބެލުމަށްފަހު، އެސްއޯއީ ކޮމިޓީން މިއަދު ހަ ނިންމުމެއް ނިންމި އެވެ. އެ ހަތް ނިންމުންވެސް ފާސްވީ ކޮމިޓީގެ އިއްތިފާގުންނެވެ.

އެގޮތުން ބޮޑު ނިންމުމެއްގެ ގޮތުގައި ނިންމާފައި ވަނީ، ބޯޓު ނައްތާލުމުގެ ހުއްދަ ދީފައި ނުވާއިރު، އެ މައްސަލައިގައި ކުންފުނީގެ މެނޭޖްމަންޓުން ގަވައިދާ ހިލާފަށް އަމަލުކޮށްފައި ވާތީވެ، އެކަމުގައި އިހުމާލުވީ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއި ރައީސުލްޖުމްހޫރިއްޔާ އަދި ފިނޭންސް މިނިސްޓްރީއަށް ލަފާ ދިނުމަށް ދެނެވުމަށެވެ.

https://sun.mv/127158

ނިންމާފައިވާ އިތުރު ނިންމުންތައް:

  • ދައުލަތަކަށް ލުއި ގޮތަކަށް ބޯޓު ނަގަން ކުރަން ޖެހޭ ކަންކަން މިހާރުން މިހާރަށް ކުރުމަށް ފިނޭންސް މިނިސްޓްރީއަށާއި ޕީސީބީ އަށް ދެންނެވުން
  • ފެންނަހުރި ހެކިތަކަށް ބަލާއިރު، ދައުލަތައް ބޮޑު ގެއްލުމެއް ލިބިދާނެތީވެ، ގެއްލުން ކުޑަ ކުރުމަށް މިހާރުން މިހާރަށް ކުރެވޭނެ ކަންތައް ކުރުމަށް ފިނޭސް މިނިސްޓްރީއަށް އެންގުން.
  • އެ މައްސަލައަކީ ކޮރަޕްޝަންގެ އަމަލުތައް ހުރި ކަމުގެ ޖާގަ އޮތް މަސައްލައަކަށްވާތީވެ، އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރަމުންދާ ތަހުގީގާއި އޮޑިޓް އޮފީހުން ކުރަމުންދާ އޮޑިޓްގެ މަސައްކަތް ނިމުން އެ ރިޕޯޓުތައް ކޮމިޓީއާ ހިއްސާ ކުރުމަށް ދެންނެވުން.
  • ބޯޓުގެ ވެރިފަރާތެއް ވާނަމަ، އެ ބޯޓުގެ ވެރިފަރާތެއް ހޯދުމަށާއި، ދައުލަތައް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދިޔުމަށް ދެންނެވުން،
  • ކޮމިޓީން ބެލި ބެލުުމުން ސާފުވީ، ކުންފުނީގެ ބޯޑު ހިނގަމުންދަނީ ކޯޕަރޭޓް ގަވަނެންސް ކޯޑާ ހިލާފަށް ކަމަށާއި އެހެން ކަމުން ބޯޑު ހަރުދަނާ ކުރުމަށް ފިޔަވަޅު އެޅުމަށް ޕީސީބީއަށާއި ފިނޭންސް މިނިސްޓްރީއަށް ދެންނެވުން.

ޕާކްވަން ކުންފުނިން ބޯޓު ނައްތަލުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ފުލުހުން ވަނީ ގުރައިދޫ ކޯޓުގެ އަމުރަކާއެކު އެ ބޯޓު ނައްތާލުމުގެ މަސައްކަތް ހުއްޓުވާފަ އެވެ. ނަމަވެސް އެ ކޯޓުން ފަހުން އެ އަމުރު ބާތިލު ކުރި އެވެ. ނަމަވެސް ފުލުހުން އޭރު ވަނީ ކުރިން ނެރުނު އަމުރު ތަންފީޒު ކޮށްފަ އެވެ.

އެކަމާ ގުޅިގެން ޖީއެމްއައިޒެޑްއެލް އިން މަކަރާ ހީލަތް ހެދިކަމަށް ބުނެ ޕާކްވަން ކުންފުނިން ވަނީ ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ހޯދުމަށް ކޯޓުގައި ދައުވާ ކޮށްފަ އެވެ.

ޖީމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު މީގެ ކުރިން ބުނެފައިވަނީ، އެ ކުންފުނިން ޕާކްވަންއަށް ދޭން ޖެހޭނެ އެއްވެސް ބަދަލެއް ނޯންނާނެ ކަމަށާއި އެކަމުގައި ގަވައިދާ ހިލާފަށް ކުރި ކަމެއްވެސް ނޯންނާނެ ކަމަށެވެ. އަދި ބޯޓު ނައްތާލުމަށް ނިންމީ، ބޯޑުން ފާސްކޮށް، ކޯޓުއަމުރަކާއެކު، ފިނޭންސް މިނިސްޓްރީން ދިން ހުއްދައިގައި ކަމަށެވެ. އެކަމާ ގުޅިގެން ފިނޭންސް އިން ބުނަނީ، ބޯޓު ނައްތާލުމަށް އެކުންފުންޏަށް ހުއްދަ ނުދޭ ކަމަށެވެ. އަދި ޖީއެމްއައިޒެޑްއެލްގެ ޗެއާމަން ސައުދުﷲ އަހުމަދު ވިދާޅުވީ، އެކަން ކުރީ މިހާރުގެ ބޯޑަށް ނޭނގި ކަމަށެވެ.

https://sun.mv/127619

comment ކޮމެންޓް