އިދިކޮޅު އިހުތިޖާޖުން ހައްޔަރު ކުރި ދެ މީހުން ފިޔަވާ އެންމެން ދޫކޮށްލައިފި

"އަނިޔާވެރި ހުކުމާ ދެކޮޅަށް" ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ފަރާތްތަކުން ރޭ ކާނިވާ ސަރަހައްދުގައ ިބޭއްވި ޖަލްސާ އަށޤފަހު، ޕިޕީއެމް އޮފީސް ކުރިމަތީ ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ފަސް މީހަކު ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ސަން" އަށް ވިދާޅުވީ ރޭ އިދިކޮޅުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން ފަސް މީހަކު މިއަދު ދޫކޮށްލާފައިވާ ކަމަށާއި ދެމީހަކު ފުލުހުންގެ ހައްޔަރުގައި ތިބި ކަމަށް ވެސް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

އިދިކޮޅުން ކުރިއަށްގެންދާ ސިލްސިލާ އިހުތިޖާޖުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމުން ކުރަމުންދާ އިހުތިޖާޖެކެވެ.

އެދިކޮޅުން ކޮންމެ ރެއަކު ޕީޕީއެމް އޮފީސް ދޮށުގައި އިހުތިޖާޖު ކުރަމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕާޓީތައް ތަމްސީލުކުރާ މެންބަރުން ގެންދަވަނީ ޖަލްސާތަކުގައިވެސް ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިހުތިޖާޖު ކުރައްވަމުންނެވެ.

އިދިކޮޅުން ބުނަމުންދަނި ޔާމީންގެ މައްޗަށް ދައުވާކޮށް އިއްވާފައިވާ ހުކުމަކީ ގައިރު ގާނޫނީ ހުކުމެއް ކަމަށެވެ

comment ކޮމެންޓް