ފިޝަރީޒް އެކްސްޕޯގައި އަލްޝާލީގެ މަސްވެރިކަމުގެ އުޅަނދުތަކުގެ މައުލޫމާތު ދެނީ

ފިޝަރީޒް އެކްސްޕޯގައި އަލްޝާލީ މެރިން އިން ބައިވެރިވުން -- ފޮޓޯ: އަލްޝާލީ

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ފިޝަރީޒް އެކްސްޕޯގައި އަލްޝާލީ މެރިން އިން މަސްވެރިކަމަށް ހާއްސަކޮށްގެން ބަނދެފައިވާ އުޅަނދުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އަލްޝާލީ އިން ބުނީ މިއީ އެކުންފުނިން ފިޝަރީޒް އެކްސްޕޯގައި ބައިވެރިވާ ފުރަތަމަ އަހަރު ކަމަށާއި މިއަހަރުގެ އެކްސްޕޯގައި ދައްކާލަނީ މަސްވެރިކަމަށް ހާއްސަކޮށްގެން އެކުންފުނިން ކަސްޓަމައިޒްކޮށް ބަނދެފައިވާ އުޅަނދުތައް ކަމަށެވެ.

ފިޝަރީޒް އެކްސްޕޯގައި އަލްޝާލީ މެރިން އިން ބައިވެރިވުން -- ފޮޓޯ: އަލްޝާލީ

މީގެ ތެރޭގައި ހިމެނެނީ މިއަހަރުގެ މެރިން އެކްސްޕޯ އަށް ހާއްސަކޮށްގެން އަލްޝާލީ އިން ތައްޔާރުކުރި އުޅަނދުތައް ކަމަށްވެސް އެކުންފުނިން ބުންޏެވެ. އޭގެ ތެކޭގައިި ޑައިވިން ދޯނި ކަސްޓަމައިޒްކޮށްގެން ތައްޔާރުކޮށްފައިވާ ބިގް ގޭމް ފިޝިން އަށް ހާއްސަ ދޯންޏާއި މަސްވެރިކަމަށް ހާއްސަކޮށްގެން އެކުންފުނިން ބަނދެފައިވާ ލޯންޗުވެސް ހިމެނޭކަމަށް އަލްޝާލީ އިން ބުންޏެވެ.

ފިޝަރީޒް އެކްސްޕޯގައި އަލްޝާލީ މެރިން އިން ބައިވެރިވުން -- ފޮޓޯ: އަލްޝާލީ

"އަޅުގަނޑުމެން މި ޕްރޮމޯޓު ކުރަނީ މަސްވެރިކަމަށް ހާއްސަ އުޅަނދުތައް. އިންކުއަރީސް އެބަ ފޯރުކޮށްދެން ރިކުއެސްޓު ކުރީމާ ޕްރޮޑަކްޓްސް ތަކާ ގުޅޭ،" އަލްޝާލީ އިން ވަހަކަ ދެއްކި އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފިޝަރީޒް އެކްސްޕޯއަށް ދާ އާންމުންނަށް އެކުނފުނީގެ އުފެއްދުންތަކާ ގުޅޭ މައުލުމާތު ފޯރުކޮށްދެމުންދާ ކަމަށެވެ.

comment ކޮމެންޓް