މަޓާޓޯ ޓްރެވަލް އެވޯޑްސް މިމަހު 19 ގައި

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ފަތުރުވެރިކަމުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގާލާ މިމަހުގެ 19 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސްގައި 25 ދާއިރާއަކުން ވޯޓު ދޭނެއެވެ. ރިސޯޓުތަކަށާއި ލިވަބޯޑްސް އަދި އެއާލައިންތަކަށް ހާއްސަ އެވޯޑުތައް ދޭ މިހަފްލާގައި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅުންހުރި 236 ފަރާތަކުން ވާދަކުރާ ކަމަށް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސް 2019 ގެ މޭޖާ ކެޓަގަރީތަކަށް ގިނަ އަދަދަކަށް ކުރިމަތިލާފައިވާކަމަށް މަޓާޓޯއިން ބުންޏެވެ. މަޓާޓޯއިން ބުނީ އެވޯޑުދޭނީ ޖަޖުންގެ މާކްސްއާއި އޮންލައިން އަދި އެސްއެމްއެސް ވޯޓުން އެންމެ ގިނަ މާކްސް ލިބޭ ފަރާތްތަކަށެވެ. މިފަހަރުގެ އެވޯޑަށް 110،000 އަށް ވުރެ ގިނަ ވޯޓު ރަޖިސްޓްރީކޮށްފައި ވެއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ދާއިރާ އިން ފާހަގަކުރެވޭ ތިން ފަރާތަކަށް ޕީޕަލްސް އެވޯޑުވެސް ދޭނެއެވެ.

މިއީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ދޭ އަށްވަނަ އަހަރެވެ.

comment ކޮމެންޓް